twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ އޭއީސީގެ ޕީޓީއޭގެ މަސައްކަތުދުވަސް ކާމިޔާބުކަމާއެކު ނިންމާލައިފި

- މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ، ސިލްވަރ ޖުބްލީ ރީޑިންގް ޕާރކްގެ ނަމުގައި ފޮތްކިޔާ އަދި ކުޅިވަރުކުޅެވޭގޮތަށް ޕާކެއް ތަރައްގީކުރުމަށް.

Feb 8, 2023
1

ހދ އަތޮޅު ތައުލީމީ މަރުކަޒު (ހދ އޭއީސީ)ގެ ޕީޓީއޭގެ ފަރާތުން ބޭއްވި މަސައްކަތުދުވަހު އެންމެ ހަތަރު ގަޑިއިރުތެރޭގައި، 116645 ރުފިޔާ ހޯދައިފިއެވެ.

ސްކޫލްގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ސާޅީސް އަށް ބެލެނިވެރިން ދިހަ ގުރޫޕަކަށް ބަހާލައިގެން ރަށުތެރޭގައި މަސައްކަތްކުރުމަށް ނުކުތީ ފެބްރުއަރީ ހަތަރުވަނަ ދުވަހު ހެނދުނު 8 ޖެހިއިރުއެވެ. މަސައްކަތް ނިންމާލީ މެންދުރު 12 ޖެހި އިރަށެވެ.

ރަށުތެރޭގައި ތަފާތު މަސައްކަތްތައް ކުރުމަށް ބެލެނިވެރިން ނުކުތް އިރުވެސް ބައެއް ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުންވަނީ މިހަރަކާތަށް، މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) އަކީ ސްކޫލްގެ ތަރައްގީގައި މުހިންމު ދައުރެއް އަބަދުވެސް އަދާކުރާ ޖަމިއްޔާއެވެ. މި އަހަރުވެސް ވަނީ، ޕީޓީއޭ ފަންޑުން ވަރަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އެގޮތުން، ދަރިވަރުންނަށް ބޯފެން ލިބޭނެ ގޮތް ހަމަޖެއްސުމަށާއި ސްކޫލްގެ މުބާރާތްތަކަށް ހަރަދުކުރުމާއި، ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް، ސްޓަޑީ ކޭމްޕްތައް ބޭއްވުމަށް ހަރަދުކޮށްފައިވެއެވެ.

މަސައްކަތު ދުވަހުން ލިބުނު ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ، ސިލްވަރ ޖުބްލީ ރީޑިންގް ޕާރކްގެ ނަމުގައި ފޮތްކިޔާ އަދި ކުޅިވަރުކުޅެވޭގޮތަށް ޕާކެއް ތަރައްގީކުރުމަށް ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355