twitterviber whatsapp telegramfacebookyoutube instagram
5th October 2026

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމަށް ހަނިމާދޫ ރައީސް

ނަބީލާ އިސްމާޢީލް
Feb 9, 2023

ހދ އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަގާމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން އިންތިހާބު ކޮށްފިއެވެ. އެ މަޤާމަށް ޢަބްދުއްސައްތާރު ހަސަން އިންތިހާބު ކޮށްފައިވަނީ މިއަދު ބޭއްވުނު އެކައުންސިލްގެ 4 ވަނަ ދައުރުގެ 79 ވަނަ އާންމު ޖަލްސާގައެވެ.

މިމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން މަގާމަށް ކުރިމަތި ލައްވާފައިވަނީ އަބްދުއްސައްތާރު ހަސަންގެ އިތުރުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރެވެ.

ނާއިބު ރައީސް އިންތިހާބު ކުރުމަށް ނެގުނު ވޯޓުގައި އަބްދުއްސައްތާރު ހަސަންއަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ. އަދި އަބްދުﷲ ޒާމިރަށް ލިބިވަޑައިގަތީ 4 ވޯޓެވެ. މިޖަލްސާގައި ބައިވެރިވީ 11 މެންބަރުންނެވެ.

ހދ އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަގާމު ހުސްވެފައިވަނީ، ކުރީން އެމަގާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިދިޔަ ޖަނަވަރީ މަހު 15ގައި އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293