50 އިންސައްތައާއި ހަމަ އަށް ޑިސްކައުންޓް ލިބޭގޮތައް ވެލިގާގެ ދަށުން ހިންގަމުން އަންނަ ފިހާރަތަކުގައި މިއަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާ ވިޔަފާރިކުރަމުންއަންނަ ވެލިގާގެ ފިހާރަތަކުން ރޯދަ ސޭލް އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ވެލިގާ ރޯދަ ސޭލް ކުރިއަށް ދާނީ ވެލިގާ ހާޑުވެއާގެ ފިހާރަތަކާއި ގޭތެރެ ޒީނަތްތެރި ކުރުމާއި ފާހާނާގެ ސާމާނުތަކަށް ހާއްސަކޮށް ހިންގަމުން އަންނަ ބްލަންކުގެ ފިހާރަތަކުންނެވެ.
ޑިސްކައުންޓުތަކުގެ އިތުރުން ރޯދަ ސޭލްގެ މުއްދަތުގައި އެ ފިހާރަތަކުން ކުރާ 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ކުރާ ވިޔަފާރީގެ ޖުމްލައަށް އިތުރުވާ ކޮންމެ 100 ރުފިޔާއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެލިގާއިން ބުނެއެވެ.
މިއަހަރުގެ ވެލިގާ ރޯދަ ސޭލްގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޫޕަން އެވެ. ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކާއިރު އެމީހެއްގެ ފޯނު ނަންބަރު ކިޔައިދިނުމުން ރޯދަ ސޭލް ޕްރޮމޯޝަނުގައި އެ ކަސްޓަމަރަކަށް ބައިވެރިވެވޭނެ އެވެ.
ވެލިގާ ރޯދަ ސޭލްގައި ރެޖިސްޓާވާ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ވެލިގާ ރޯދަ ސޭލްގައި ބައިވެރިވެވުނު ކަމުގެ މެސެޖަކާ އެކު ކޫޕަންތަކުގެ ތަފްސީލު ބަލައިލެވޭ ލިންކެއް ފޯނަށް ލިބޭނެ އެވެ.
ވެލިގާ ރޯދަ ސޭލްގެ މުއްދަތުގައި އެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެލިގާ ކުންފުނިން ވަނީ އަގުހުރި އިނާމުތަކެއް ވެސް ހުށަހަޅާފަ އެވެ.
އެގޮތުން، އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރުފިޔާގެ ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ އިތުރު ފަސް ފަރާތަކަށް 3000 ރުފިޔާގެ ގިފްޓު ވައުޗަރު ލިބޭނެ އެވެ.
އެ ގިފްޓު ވައުޗަރުތައް ބޭނުންކޮށްގެން ވެލިގާ އަދި ބްލަންކުގެ ފިހާރަތަކުން ވައުޗަރު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވިޔަފާރި ކުރެވޭނެ އެވެ.
2008 ވަނަ އަހަރު ފެށި ވެލިގާ ވިޔަފާރީގެ ދަށުން ޖުމްލަ ފަސް ފިހާރަ މާލެ ސަރަހައްދުގައި މިހާރު ހިންގަމުންދެ އެވެ.
ޒަމާނަށް އައި ކުރިއެރުމާ އެކު ރާއްޖޭގެ ކޮންމެތަނެއްގައި ހުރެގެންވެސް ވެލިގާގެ ވެބްސައިޓު މެދުވެރިކޮށް އެ ބްރޭންޑުގެ ފިހާރަތަކުން ވިޔަފާރި ކޮށްލެވޭނެ މަގު އެ ކުންފުނިން ވަނީ ފަހި ކޮށްދީފަ އެވެ.