twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހޭންޑްބޯލް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު

Feb 12, 2023

ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކްލޫސިވް ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެެވެ.

ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަމާޒުކަމަށްވާ ޒުވާނުން ބާރުވެރިކުރުމުގެ ދަށުން އެ ކުންފުނިން ދަނީ ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދޭ ފަދަ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ހޭންޑްބޯލް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ މިޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކުރުވައި ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިން އުފެއްދުމަށް ދިވެހި ކުޅިވަރު މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ހޭންޑްބޯޅައިގެ މި އަހަރުގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ހޭންޑްބޯޅައަކީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ކުޅެން ފެށި ކުޅިވަރެއް ކަމަށެވެ.

ޖައިޝާން ވިދާޅުވީ އުންމީދަކީ ހޭންޑްބޯލް މޯލްޑިވްސްއާއެކު މި ކުޅިވަރު އިތުރަށް ކުރިއަރުވާ ގިނަ ބަޔަކަށް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވަނީ ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ޝުކުރު ދަންނަވާފަ އެވެ.

އަދި މި ޕާރޓްނާޝިޕް މެދުވެރިކޮށް، އަމާޒަކީ ދިރާގާއެކު ރާއްޖޭގައި ހޭންޑްބޯޅަ އިތުރަށް ޕްރޮމޯޓްކޮށް ކުރިއަށް އޮތް ތަނުގައި ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެފަދަ ކުޅުންތެރިން ބިނާކުރުން ކަމަށެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355