twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 28،000 އިން މައްޗަށް އަރައިފި

Feb 12, 2023

ތުރުކީގެ ދެކުނަށް އަދި ސީރިއާގެ އިރުމަތީ ސަރަހައްދުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 28،000 އިން މައްޗަށް އަރައިފިއެވެ.

މިދިޔަ މަހު 6 ވަނަ ދުވަހު ތުރުކީވިލާތުގެ ގަޒިއެންޓެޕް ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 24,617 އަށްއަރާފައެވެ. އަދި، ސޫރިޔާގައި 3,553 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތުރުކީވިލާތުގައި ވެއްޓިފައިވާ 6,000 އަށްވުރެ ގިނަ ޢިމާރާތުގެ ދަށުވެފައިވާ ކަމަށް ބެލެވޭ އެތަކެއް ބަޔަކު ސަލާމަތް ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ދިރިތިއްބާ ގިނަ ބަޔަކު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ. އަދި، ފިހާރަ ފަދަ ތަންތަން ލޫޓުވުމާއި، ހަމަނުޖެހުންތައް އިތުރުވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ތުރުކީ އަދި ސީރިޔާއަށް 7.8 މެގްނިޑިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ސީރިއާއިން 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދ އިން ފާހަގަކުރާއިރު، ތުރުކީ އަދި ސީރިޔާގައިވެސް 900،000 މީހުންނަށް ވަނީ ކާބޯތަކެތި ބޭނުންވެފައެވެ.

ދަންވަރުގެ ވަގުތުގައި އައި ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ދެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

ސީރިއާއަށް ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދާއި ހަނގުރާމަވެރި ޖަމާއަތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށެވެ. އެހެންކަމުން އެ ގައުމުން މަރުވި މީހުންގެ އަސްލު އަދަދު އަދި އެނގިފައިނުވާ ކަމަށާއި ނަމަވެސް ފަހުގެ ރިޕޯޓުތަކަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ވައިޓް ހެލްމެޓް ސިވލް ޑިފެންސް ގްރޫޕުންނާއި ސީރިއާ ސަރުކާރުން ހިއްސާކޮށްފައިވާ ނަންބަރުތަކެއް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

މި ކާރިސާގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައިވާއިރު އަދިވެސް އެ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355