twitterviber whatsapp telegramfacebookyoutube instagram
1st July 2025

ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޖީބީ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް

Feb 15, 2023

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޖީބީ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ ސަޅި ޕްރީޕެއިްޑް ކަސްޓަމަރުންނަށް "ސަޅި މަންތުލީ" ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބިގެންދާނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް 3 ޖީބީ ޑެއިލީ ޑޭޓާ ނެގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މަހަކު ޖުމްލަ 90 ޖީބީ ލިބޭ އެ ޕްލޭން ހޯދުމަށް، ދިރާގު އެޕް މެދުވެރިކޮށް ނުވަތަ، "S2GB30" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކުރެވޭނެ ކަމަށެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚުތިޔާރު ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް ކަން ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އެ ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355