twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރައީސްގެ ސްކޮލާޝިޕް ހާސިލުކުރި ހުޔާމްއަށް ހިތްވަރު ދެއްވައިފި

ނަބީލާ އިސްމާޢީލް
Feb 15, 2023

2021ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލްކުރި ގދ. ތިނަދޫ މާކޮޅު ފާތިމަތު ހުޔާމް ހަލީލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ފާތިމަތު ހުޔާމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ހުޔާމްގެ މިކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔުނިވާސިޓީ ތައުލީމުގެ މަރުހަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހުޔާމް ވަނީ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާރ ހޯދާފައެވެ. އާކިޓެކްޗާގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ގަސްދު ކުރައްވާ ހުޔާމް، މަތީ ތައުލީމް ހާސިލްކުރެއްވުމަށް ނިންމަވާފައި ވަނީ، މެލޭޝިޔާގެ "އިންފްރާސްޓްރަކްޗަރ ޔުނިވަސިޓީ ކުއާލާލަމްޕޫރް"އިން، "ބެޗްލަރ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒް" އެވެ.

ހުޔާމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަންގެ އިތުރުން، ހުޔާމްގެ މަންމަ އާއި އަލްމަދަރްސަތުލްއަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާ ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355