twitterviber whatsapp telegramfacebookyoutube instagram
19th June 2026

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމަށް ހިސާން

Feb 15, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އޮފީހުގެ ސެކްރެޓެރީ ކޮމިއުނިކޭޝަންސްގެ މަގާމަށް ‎ސ ހިތަދޫ މުހައްމަދު ހިސާން އަލީ ފަހްމީ އިއްޔެ އައްޔަންކުރައްވައިފިއެވެ.

ހިސާން ކޮމިއުނިކޭޝަންސް ސެކްރެޓެރީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އަންޑާ ސެކްރެޓެރީގެ މަގާމުން ވަކި ކުރެއްވުމަށް ފަހުގައެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މަގާމުގައި އެންމެ ފަހުން ހުންނެވި އިބްރާހިމް ހޫދު އެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ވެރިޔަކަށް ބަދަލު ކުރެއްވުމާ ގުޅިގެން އެތަން ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ ހިސާންއެވެ.

ހިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލާސް އޮފް ބިޒްނަސް އިންޓަނޭޝަނަލް ޓްރޭޑް އެންޑް މާކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ މުހައްމަދު ހިސާން އަލީ ފަހްމީގެ ބެއްލެވުމުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355