twitterviber whatsapp telegramfacebookyoutube instagram
23rd August 2026

11 ބައިވެރިންނާއެކު ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ޑަބްލިއުޑީސީން ފަށައިފި

މުޙައްމަދު އަހުމަދު
Feb 16, 2023
1

ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ (ޑަބްލިއުޑީސީ)އިން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފަތަން ދަސްކޮށްދޭ ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

30 ބައިވެރިންނަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވެފައިވަނީ ޖުމްލަ 11 ބައިވެރިންނެވެ. ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާނެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އަންހެނުންގެ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ވިދާޅުވީ މިޕްރޮގްރާމަކީ ފަތަން ނޭނގޭ އަންހެނުންނަށް ފަތަން ދަސްކޮށްދިނުމާއި ދުޅަހެޔޮ ރަނގަޅު ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ރަށްމަތިފަންނު ސަރަހައްދުގަ އެވެ.

"
"މިގޮތަށް ހުޅުވާލެވޭ ފުރުސަތުތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މިކޮމެޓީގެ ވަރަށް ބޮޑު އެދުމެއް"
އަންހެނުންގެ ކޮމެޓީގޭ ރައީސާ، ހަދީޖާ މޫސާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355