twitterviber whatsapp telegramfacebookyoutube instagram
15th August 2025

އައުޓްޑޯ ޖިމް ސަރަހައްދު ތަރައްގީކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 23, 2023

ކުޅުދުއްފުށީގައި ސްޓޭޑިއަމުގައި ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމް ސަރަހައްދު ތަރައްގީކޮށް ނިންމާލައިފި އެވެ. މިއީ ސިޓީ ކައުންސިލުން އެމްއެންޑްއެމް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ސިޓީ ކައުންސިލްގެ ބަޖެޓުން 572 ހާސް ރުފިޔާ ހަރަދުކޮށްގެން ނިންމާލި މި މަޝްރޫއު އެމްއެންޑްއެމްއާ ހަވާލުކުރީ މިއަހަރު އަހަރުގެ ޖެނުއަރީމަހު އެވެ.

މިމަސައްކަތް ނިންމާލާފައިވާއިރު މިހާރު ކުރަމުންދަނީ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

މިމަޝްރޫއުގެ ދަށުން އައުޓްޑޯ ޖިމް ހިޔާކޮށް އެ ސަރަހައްދުގައި ބެންޗު ބަހައްޓާފައިވެ އެވެ. އަދި އެ ސަރަހައްދުގައި ލައިޓްވެސް ޖަހާފައިވެ އެވެ.

އައުޓްޑޯ ޖިމަކީ އިންޑިޔާ ސަރުކާރުގެ ހިލޭ ދަށުން ގާއިމުކޮށްފައިވާ ޖިމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355