twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކޭއާރުއެޗުގައި ބުލަޑް ބޭންކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Feb 25, 2023

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ ކޭއާރުއެޗުގެ ހިދުމަތް ހޯދާ ފަރާތްތަކުން ލޭ ހޯދަން ޖެހޭ ހާލަތްތަކުގައި ފަސޭހަކަމާއެކު ލޭ ލިބޭނެގޮތް ކަށަވަރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން ފެށި މަސައްކަތެވެ.

އެހެންވުމުން އެހޮސްޕިޓަލްގެ ބްލަޑް ބޭންކް ގާއިމުކުރުމަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކްވިޕްމަންޓް ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ކޭއާރުއެޗުން ބުނީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަކޮށް 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1300 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރެއްވުމަށެވެ.

ކޭއާރުއެޗުގެ އިއުލާނު

ބީލަން ހުށަހަޅާ ފަރާތްތަކުން ވާންވާނީ ހިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ގަވައިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާން ޖެހޭނެ އެވެ. އަދި ބީލަން ހުށަހަޅަން ޖެހޭނީ މައުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކޮށްފަ އެވެ.

މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް އަދި ސަޕްލައި ކުރަންޖެހޭ ތަކެތީގެ ލިސްޓް (އެނެކްސް-1) އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެ ކަމަށާ ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯނާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ މި ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ނެތުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355