twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޯހައުސްތައް އެއްކޮށް ކުއްޔަކަށް ނުދެވޭނެ

ފަހުން ދޫކުރި 105 ރޯހައުސް އެތަންތަނުގެ ވެރިންނަށް ދިރިއުޅެވޭނެ ގޮތެއް ނެތި، އެއްކޮށް ކުއްޔަށް ނުދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނޭ.

އަބްދުލް ވާހިދު ޙަސަން
Feb 26, 2023
1

އެންމެ ފަހުން ކުޅުދުއްފުށިން ދިން ރޯހައުސްތައް އެއްކޮށް ކުއްޔަށް ނުދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ. އެންމެ ފަހުން ކުޅުދުއްފުށިން ދޫކޮށްފައިވަނީ ބަންޑާރަމައިދާނުގެ 100 ރޯހައުސް އާއި ކަނބޯރަނި ހިޔާގެ 5 ރޯހައުސް އެވެ.

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި އާންމު ފަރާތެއް ސުވާލުކުރީ ރޯހައުސް ލިބުނު މީހާ ދިރިނޫޅި އެ ރޯހައުސްއެއް ކުއްޔަށް ދެވޭނެ ތޯ އެވެ.

އެކަމާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ، ވެރި ފަރާތް ދިރިއުޅެވޭނެ ގޮތެއް އެތަނުގައި ނުބަހައްޓާ، އެ ރޯހައުސްއެއް އެއްކޮށް އެހެން އެހެންވެސް ފަރާތްތަކަށް ކުއްޔަށް ނުދެވޭނެ ކަމަށެވެ. އަދި އެކަމުގެ ޝަކުވާއެއް ސިޓީ ކައުންސިލަށް ހުށައެޅިއްޖެނަމަ އެ މައްސަލައެއް ބަލާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މި ރޯހައުސްތަކުގެ އެގްރިމެންޓްގައިވެސް އެކަން ހިމަނާފައިވެ އެވެ. އެގޮތުން ރޯހައުސްއެއްގެ ވެރިފަރާތުން އެތަނުގައި ނޫޅި، އެ ރޯހައުސްއެއް އެއްކޮށް ކުއްޔަކަށް ނުދެވޭނެ އެވެ. އެކަމަކު ވެރި ފަރާތް ދިރިއުޅެމުން އެތަނުގެ ކޮޓަރިއެއް ނުވަތަ ދެ ކޮޓަރިވެސް ކުއްޔަށް ދެވިދާނެ އެެވެ.

އެކަމަކު ކަނބޯރަނި ހިޔާގައި އިމާރާތްކޮށްފައިވާ 18 ރޯހައުސް އާއި މާފަލު ހިޔާގެ ރޯހައުސްތަކުގެ އެގްރިމެންޓްގައި ރޯހައުސް ކުއްޔަށް ދެވޭނެކަމެއް ނުވަތަ ނުދެވޭނެ ކަމެއްވެސް ފާހަގަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355