twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވެލިގާ ރޯޑް ޝޯ 2023: މާޗު މަހު ކުޅުދުއްފުށީގައި ބާއްވަނީ

މުޙައްމަދު އަހުމަދު
Feb 27, 2023

ވެލިގާ ރޯޑް ޝޯގެ 2 ވަނަ އިވެންޓް މިފެށޭ މާޗުމަހު ކުޅުދުއްފުށީގައި ބާއްވާނެކަން ވެލިގާ ހާޑްވެއާއިން އިއުލާންކޮށްފި އެވެ.

މިއިވެންޓް ކުރިއަށްދާނީ މާޗު މަހުގެ 3 ން 5 އަށް ކުޅުދުއްފުށި ސިޓީގަ އެވެ. މިއިވެންޓަކީ ވެލިގާ ހާޑްވެއާ އެންޑް ބްލޭންކްގެ ހިދުމަތްތަކާއި މުދާތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިވެންޓެކެވެ.

ރޯޑް ޝޯ ސީރީޒްގެ ފުރަތަމަ އިވެންޓް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގދ. ތިނަދޫގަ އެވެ. ދެވަނަ އިވެންޓް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއިވެންޓްގެ އަމާޒަކީ ވެލިގާ ހާޑްވެއާ އާއި ކްރާފްޓްސްމަނުން އަދި ސަރަހައްދީ ޑިސްޓްރިބިއުޓަރުންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމެވެ.

މިއިވެންޓްގައި ދެބައެއް ހިމެނޭނެ އެވެ. ފުރަތަމަ ބައިގައި އޮންނާނީ ކްރާފްޓްސްމަނުންނާއި ވިޔަފާރިތަކާއެކު ބައްދަލުވުން ބާއްވާ އެމީހުންނަށް ވެލިގާއިން ލިބެން ހުންނަ މުދާތަކުގެ ޕޯޓްފޯލިއޯތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ދެވަނަ ބައިގައި އޮންނާނީ މުދާ ޕްރޮމޯޓްކުރުމަށް ކުރިއަށް ގެންދާ ރޯޑް ޝޯ އެވެ. މި ރޯޑް ޝޯގައި ކަސްޓަމަރުންނަށް މުދާތައް ތަޖުރިބާކޮށްލާ އެމުދާތަކާ ބެހޭގޮތުން އެކަމުގެ ތަޖުރިބާކާރުންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްކޮށްލުމުގެ ފުރުސަތު ލިބޭއިރު ހަދިޔާތައް ހޯދުމުގެ ފުރުސަތާއި އެއްޗެއްސަށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މިރޯޑް ޝޯގައި ވިޔަފާރީގެ ފުރުސަތުތައް ބަލާލެވޭއިރު ބޮޑެތި ޑިސްކައުންޓް އަދި ވޮރެންޓީއާއެކު ސާމާނު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މި ރޯޑް ޝޯ އޮންނާނީ ހޮނިހިރު ބާޒާރު ސަރަހައްދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355