ޖިންސީ ފުރައްސާރައާއި ބުލީކުރުމުގެ ތުހުމަތާއެކު އާންމުކުރި ރިޕޯޓާއެކު ފްރެންޗް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް ނޮއެލް ލެ ގްރައެޓް މަގާމުން އިސްތިއުފާ ދީފި އެވެ.
ފްރާންސްގެ ސަރުކާރުން ފެޑެރޭޝަނުގެ ތެރެއިން ކުރި އޮޑިޓާއެކު ޖެނުއަރީ މަހު 81 އަހަރުގެ ނޮއެލް މަގާމުގެ މަސްއޫލިއްޔަތުތަކާ އޮޑިޓް ނިމެންދެން ދުރުވި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
"އަންހެނުންނާއި މެދު އޭނާގެ ހަރަކާތްތަކާއި އޭނާގެ އާންމު ކޮމެންޓްތަކާއި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ގަވަރނެންސް ފެއިލްވެފައިވި ވުމަށް އަލިއަޅުވާލުމުން ފްރެންޗް ފުޓްބޯޅަ ހިންގުމާއި ހުށައެޅުމުގެ މުހިންމު ޝަރުތުތަކާއި ގާބިލިއްޔަތުކަން ނޮއެލް ލެ ގްރައެޓްގެ ނެތް." މިމަހު ކުރީކޮޅު އާންމުކުރި ރިޕޯޓްގައިވެ އެވެ.
މީގެއިތުރުން ރިޕޯޓުގައި ބުނެފައިވަނީ އަބަދުވެސް އެއްވެސް ކުށަކަށް ދެކޮޅު ހަދާ ނޮއެލް ލެ ގްރައެޓް އެނބުރި އޭނާ ހުރި މަގާމަށް އައިސްގެން ނުވާނެ ކަމަށާއި އަދި އެއީ އޭނާގެ އަމަލުތަކާއި ބަހަނާތަކަކީ އޭނާގެ މަސްއޫލިއްޔަތާ ގުޅޭ ކަމެއް ނޫންކަމަށެވެ.
11 އަހަރު އެފްއެފްއެފްގެ ރައީސްކަން ލެ ގްރައެޓް ކުރައްވާފައިވާއިރު އޭނާގެ ދައުރު ނިމެން އޮތީ 2024 އަށެވެ. މީގެކުރިން ވެސް ލެ ގްރައެޓްއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
ފްރާންސަށް ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑްކަޕާއި ޔޫރޯ ހޯދައިދީ ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިން ހުނަރުވެރި ސްޕޯޓްސްމަން ޒިނެދިން ޒިދާނާއި ބެހޭގޮތުން ލެ ގްރައެޓް ދެއްކި ވާހަކަތަކާ ގުޅިގެން ވެސް އޭނާ މަގާމުން ފައިބަން މީހުން ގޮވާލާފައިވެ އެވެ.
ލެ ގްރައެޓްގެ ކުށަށް މާފަށް އެދުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ ކޯޗަށް ޒިދާން ވުމަށް އޭނާގެ ފަރާތުން އަންނަ ފޯނު ކޯލެއް ވެސް ނުނަގާނެ ކަމަށް ބުނެފަ އެވެ. ފްރާންސް ސަރުކާރުން އެފްއެފްއެފްގެ އޮޑިޓް ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އެފްއެފްއެފްގައި ޖިންސީ ފުރައްސާރައާއި ބުލީގެ ތުހުމަތުތަކެއް ފެންމަތިވެ ސަމާލުކަމަށް އައުމުން ފްރާންސް ސަރުކާރުން އޮޑިޓް ފެށިއިރު އެ ތުހުމަތުތަކަށް އެފްއެފްއެފްއިން ވަނީ އިންކާރުކޮށްފަ އެވެ.
މިއަދުގެ އިސްތިއުފާއަށްފަހު އެފްއެފްއެފުން ބުނީ މީގެން ދައްކައިދެނީ ކުޅިވަރާއި މާލީގޮތުން ނޮއެލް ލެ ގްރައެޓް ކޮށްދެއްވާފައިވާ މޮޅު އަދި ފާހަގަކޮށްލެވޭ މަސައްކަތްތައް ކަމަށެވެ.