މިހާރު ކުރިއަށްދާ ޖޫނިއާ ޗެމްޕިއަންޝިޕުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުން ދެވަނަ މެޗުގައި ހިރިޔާ ސްކޫލް ވެސް ބޮޑު ތަފާތަކުން ބަލިކޮށްފި އެވެ.
އަތޮޅުތެރޭގެ ޓީމަކުން މާލޭގެ ޓީމެއް އަތުން ހޯދި ފުރަތަމަ މޮޅުގެ ޝަރަފު މިމުބާރާތުގެ ފުރަތަމަ މެޗުގައި އޭއީސީން ވަނީ ތާޖުއްދީން ސްކޫލް ބަލިކޮށް ހޯދާ ތާރީހުގެ ތެރެއަށް ވަދެފަ އެވެ.
މިއަދު ހަވީރު މާލޭ ޔޫތް ސެންޓަރުގެ ބާސްކެޓް ކޯޓުގައި ކުޅެވުނު އޭއީސީގެ ދެވަނަ މެޗުގައި އެޓީމުން ވަނީ 36 - 19 ގެ ބޮޑު ތަފާތަކުން ހިރިޔާ ސްކޫލުގެ މައްޗަށް ކުރިހޯދާފަ އެވެ.
މެޗުގެ ހުރިހާ ކުއާޓާއަކުން ވެސް އޭއީސީ ކުރިހޯދިއިރު ފުރަތަމަ ކުއާޓާ ނިމުނީ 8 - 5 ންނެވެ. ދެވަނަ ކުއާޓާ 10 - 3 ން އޭއީސީން ކާމިޔާބުކުރިއިރު 3 ވަނަ ކުއާޓާގައި އޭއީސީ ކުރި ހޯދީ 10 - 4 ންނެވެ. އަދި ފަހު ކުއާޓާ ނިމުނީ ވަރަށް ވާދަވެރިކޮށް 8 - 7 ން އޭއީސީ ކުރިހޯދައިގެންނެވެ.
މިމުބާރާތުގައި އަންގާރަ ދުވަހު ހދ އޭއީސީން ނުކުންނާނީ މަޖީދިއްޔާ ސްކޫލާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ ޔޫތް ސެންޓަރުގައި އަންގާރަދުވަހުގެ ރޭ 7:45 ގަ އެވެ.