ކުޅުދުއްފުށި ޤުރުއާން މުބާރާތަށް އިނާމު ހުށަހެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ. ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތް މިއަހަރު އޮންނާނީ އެޕްރީލު 3،4 އަދި 5 ގައި އެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ކުޅުދުއްފުށީގެ ސްކޫލުތަކާއި އެރަށުގައި ގާއިމުވެފައިވާ ކޮލެޖް ޔުނިވާސިޓީ އަދި ޤުރުއާން ކުލާސްތަކުގެ ދަރިވަރުންނަށެވެ. އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ޙާފިޘުންގެ ބައިގަ އެވެ.
މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފަވާ ވަނަތަކަކީ:
- މުޅި މުބާރާތުން 3،2،1 ވަނަ ދަރިވަރު
- މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- ފައުންޑޭޝަން ސްޓޭޖް، ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- ކީ ސްޓޭޖް 1 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- ކީ ސްޓޭޖް 2 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- ކީ ސްޓޭޖް 3 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- ކީ ސްޓޭޖް 4 ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- ކީ ސްޓޭޖް 5 / 18 އަހަރުން ދަށް ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ
- 18 އަހަރުން މަތި ބަލައިގެން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 3،2،1 ވަނަ (ޔުނިވަރސިޓީ ކޮލެޖް ފަދަ ސެންޓަރުތަކުން)
- ޙާފިޡުންގެ ބައިން 3،2،1 ވަނަ
- މުޅި މުބާރާތުން އެންމެ މޮޅު 10 ދަރިވަރުން
ކައުންސިލުން ބުނީ އިނާމާބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6527174 ނުވަތަ 6528831 އަށް ގުޅުމަށް އެދޭ ކަމަށެވެ.
މިމުބާރާތަށް އިނާމް ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 މާރޗު ވަނަ ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.