twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރައީސްގެ ދެކަނބަލުން އައިޓީބީ ފެއާއަށް ޒިޔާރަތް ކުރައްވައިފި

Mar 9, 2023

ޖަރުމަނު ވިލާތުގައި މިހާރު ކުރިޔަށްދާ އައިޓީބީ ބާލިން ފެއާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ.

އަދި މިއީ، ފާއިތުވި ތިން އަހަރު ރާއްޖެއަށް ވިދިވިދިގެން ތިން ފަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނު ފަހުން ވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސްގެ ދެކަނބަލުންގެ މި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެ ސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލެއްވިއެވެ.

ރައީސްގެ ދެކަނބަލުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން، އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ، ރައީސަށް އެ ސްޓޭންޑުގެ މޮޑެލެއް ވެދުމަށް އަރުވާފައެވެ.

އައިޓީބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

މި އަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.

ރައީސް ޖަރުމަނަށް ވަޑައިގެންނެވީ، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލު ކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355