twitterviber whatsapp telegramfacebookyoutube instagram
25th October 2026

އެޓަލާންޓާ ބަލިކޮށް ނަޕޯލީއަށް އެއްވަނައިގައި 18 ޕޮއިންޓްގެ ލީޑެއް

މުޙައްމަދު އަހުމަދު
Mar 12, 2023

އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާ ބަލިކޮށް ނަޕޯލީން ލީގުގެ އެއްވަނައިގައި 18 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފި އެވެ.

މިސީޒަނުގައި ނަޕޯލީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިންގް ކްވިޗާ ކްވަރަޝްކޭލިއާގެ މޮޅު ގޯލާއެކު 2 - 0 ން ރޭ ނަޕޯލީން ވަނީ އެޓަލާންޓާގެ މައްޗަށް ކުރިހޯދާފަ އެވެ.

18 ޕޮއިންޓްގެ ލީޑަކާއެކު ލީގު ލިބުމުގެ ފުރުސަތު އެޓީމަށް ބޮޑުވިއިރު 1990 ވަނަ އަހަރުގެ ފަހުން އިޓަލީގެ ޗެމްޕިއަންކަން ހޯދަން މިއީ ނަޕޯލީއަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ލީގުގެ އެއްވަނައިގައި ނަޕޯލީ އޮތީ 26 މެޗުން ލިބުނު 68 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 26 މެޗުން 50 ޕޮއިންޓް ހޯދައިގެން އިންޓަ މިލާން އޮތްއިރު ތިންވަނައިގައި އޮތީ ލާޒިއޯ އެވެ.

ރޭ ލާޒިއޯއިން 0 - 0 ން ބޮލޯނިއާއާ އެއްވަރުވިއިރު އެޓީމަށް ރޭގެ މެޗުން މޮޅުވެގެން 2 ވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ތިންވަނައިގައި ލާޒިއޯ އޮތީ 26 މެޗުން 49 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗުގައި ނަޕޯލީން ލީޑު ނެގީ 60 ވަނަ މިނެޓުގައި އެވެ. އޭރިއާ ބޭރުން ބޯޅަ ލިބުމުން އެކަނި އެޓަލާންޓާ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ކްވަރަޝްކޭލިއާ ވަނީ ރީތި ލަނޑަކުން ނަޕޯލީއަށް ލީޑު ނަގައިދީފަ އެވެ. ނަޕޯލީން ލީޑު ފުޅާކުރީ 77 ވަނަ މިނެޓުގައި އާމިރް ރަހްމާނީ ޖަހައިދިން ލަނޑުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293