twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޔުނައިޓެޑާއި ލިވަޕޫލުގެ ނަޒަރު ފުލަމްގެ ޕައުލީނިއާއަށް!

މުޙައްމަދު އިސްމާޢީލް
Mar 13, 2023

މެންޗެސްޓަރ ޔުނައިޓެޑާއި ޕްރިމިއާ ލީގުގެ ގަދަބާރުތަކުން ފުލަމްގެ 27 އަހަރުގެ މިޑްފީލްޑަރު ޖޯއޯ ޕަލީނިއޯ ނަޒަރު އަޅަން ފަށައިފި އެވެ.

ޕޯޗުގީޒް މިޑްފީލްޑަރު ހޯދަން މެންޗެސްޓަރ ޔުނައިޓެޑުން ބޭނުންވާއިރު އާސެނަލާއި ޗެލްސީ އަދި ނިއުކާސަލްއާއި ޓޮޓެންހަމުން އަންނަނީ އޭނާ މޮނިޓާ ކުރަމުންނެވެ. އެހެންނަމަވެސް ފުލަމްގެ ޕަލީނިއާއަށް އެންމެ ސީރިއަސް ޓީމަކަށް ފެންނަނީ ލިވަޕޫލް ކަމަށް ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވެ އެވެ.

ދި އެތްލެޓިކުން ހާމަކުރާ ގޮތުގައި މެންޗެސްޓަރ ސިޓީން އަންނަނީ 26 އަހަރުގެ އިންގްލެންޑް ޑިފެންޑަރު ބެން ޗިލްވެލްއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މި ސަމާގައި ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާ ވާހަކަދެކެވޭއިރު ބެން ޗިލްވެލް ހިމެނުމަކީ ގާތްކަމެކެވެ.

ސިޓީން އަންނަނީ އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމަށް ތައްޔާރުވަމުންނެވެ. އަދި އަންގާރަ ދުވަހު އާރްބީ ލިޕްޒީގާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިޑީޅް ނިންމާނެ ކަމަށް ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވެ އެވެ.

ޓްރާންސްފާގެ ވާހަކަތަކަށް ބަލާލާއިރު ބެލްޖިއަމްގެ 29 އަހަރުގެ ސްޓްރައިކަރު ރޮމޭލޫ ލުކާކޫ ލޯން ހަމަވުމުން ވެސް އިންޓަ މިލާނުގައި މަޑުކުރަން ބޭނުންވާއިރު އޭނާގެ ކޮންޓްރެކްޓްގެ އުސޫލުގެ ދަށުން އޭނާ ބެހެއްޓުމުގެ ފެންވަރު މިވަގުތު އިންޓައިގައި ނެތްއިރު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާގެ ޕްލޭންތަކުގައި ވެސް ލުކާކޫ ނުހިމެނެ އެވެ.

ނަޕޯލީއަށް ކުޅޭ ނައިޖީރިއާގެ ސްޓްރައިކަރު ވިކްޓާ އޮސިމްހެން ހޯދުމަށް ބޭނުންވާ ކަމަށް ޕީއެސްޖީއާއި ޗެލްސީ އަދި ޔުނައިޓެޑުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އަދި ޗެލްސީއާއި ނިއުކާސަލުން އަންނަނީ ބާސާގައި ރަފީނިއާގެ ހާލަތު ވެސް މޮނިޓާ ކުރަމުންނެވެ. ބާސާއިން ރަޕީނިއާ ދޫކޮށްލުން ގާތްކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355