twitterviber whatsapp telegramfacebookyoutube instagram
11th December 2023

ރޯދަ އިނާޔަތް ބޮޑުކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Mar 15, 2023

ރޯދަ މަހުގެ އިނާޔަތް 3،000 ރުފިޔާއަށްވުރެ ބޮޑުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 15 މެމްބަރުންނެވެ. ނުފެންނަ ކަމަށް 27 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންވެ އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފާހެއް ނުވި އެވެ.

ރޯދަ މަހަށް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ އަތްނުފޯރާ ފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާކަމަށާއި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ކަމަށްވެސް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެ އިނާޔަތް ދިނުމަށް އެކުލަވާލާފައިވާ ވަޒީފާއާ ބެހޭ ގާނޫނު ވެސް އަލުން މުރާޖާ ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމްކޮށް، އެހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ޝިޔާމް ގޮވާލެއްވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355