twitterviber whatsapp telegramfacebookyoutube instagram
25th August 2026

ފޯކައިދޫގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ނަބީލާ އިސްމާޢީލް
Mar 16, 2023

ށ ފޯކައިދޫގައި އަމިއްލަ ފަރާތަކުން އަޅާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ. މަސްޖިދުލް ނޫރު ގެ ނަމުގައި އިމާރާތްކުރަން ހަމަޖެހިފައިވާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައެއް އާންމު ރައްޔިތުން ގުޅިގެންނެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ 3000 އަކަފޫޓްގެ ޒަމާނީ މި މިސްކިތުގެ ބިންގާ އަޅާފައިވަނީ މިއަދު ހެނދުނު ކަމަށާއި މި މިސްކިތް އަޅަނީ ރަށުގެ ދެކުނު ފަޅީގައި ކަމަށެވެ.

މިހާރުވެސް 3 މިސްކިތް ހުންނަ މި ރަށުގައި އަލަށް މި އަޅާ މިސްކިތް ގާތްގަނޑަކަށް އަހަރެއްހާ ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ 1 ބުރިއަށް އިމާރާތްކުރާ ޒަމާނީ މި މިސްކިތުގެ ބިނާ ކޮށްދެއްވާ ފަރާތަށް ކައުންސިލާއި އެންމެހާ ރައްޔިތުގެ ނަމުގައި މި ފުރުސަތުގައި މިސްކިތް ޝުކުރު ދަންނަވާކަމަށާއި ފާފަފުއްސަވާ ސުވަރުގެ މިންވަރުކޮށްދެއްވުން އެދި މާތް اللّٰهގެ ހަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.

ފޯކައިދޫ އަކީ 1934 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355