twitterviber whatsapp telegramfacebookyoutube instagram
7th September 2026

އެކުއާޑޯއަށް ރޭ އައި ބިންހެލުމުގައި 12 މީހުން މަރުވެއްޖެ

Mar 19, 2023

އެކުއާޑޯއަށް ރޭގެ ވަގުތެއްގައި އައި 6.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެކުއާޑޯގެ ކަމާއި ބެހޭ އިދާރާތްތަކާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، ރޭގެ ވަގުތެއްގައި ރެކްޓަރ މިންގަނޑުން 6.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އެތަކެއް އިމާރާތްތަކެއް ބިމާހަމަވެފައިވާކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ބިންހެލުމަކީ ބިމުގެ 66 ކިލޯމީޓަރު އަޑިން އައިސްފައިވާ ބިންހެލުމަކަށާއި މިހާތަނަށް ބިންހެލުމުގައި 12 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. އަދި އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ބިންހެލުމަކީ އެކުއާޑޯއާއި ޕެރޫއާއި ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމެއް ކަމުން ބިންހެލުމުގެ އަސަރު ޕެރޫއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޕެރޫއަށް ގެއްލުމެއް ލިބުނު ކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އެކުއާޑޯއަށް އައި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް އަދި ދީފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355