twitterviber whatsapp telegramfacebookyoutube instagram
11th June 2026

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 4 ގުނަ 100 މީޓަރު ރިލޭއިން ރަން މެޑަލް، ޝަރީފް ސްޕޯޓްސްއަށް ގިނަ ކާމިޔާބީތަކެއް

މުޙައްމަދު އަހުމަދު
Mar 19, 2023

މިހާރު ހުޅުމާލޭގައި ކުރިއަށްދާ 10 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފި އެވެ.

ފިރިހެނުންގެ އޯޕަން ކެޓަގަރީގައި 4 ގުނަ 100 މީޓަރު ރިލޭއިން ޝަރީފް ސްޕޯޓްސްއިން ރަން މެޑަލް ހޯދިއިރު ރިލޭގައި ހިމެނުނު އެތްލީޓުންނަކީ އިބްރާހިމް އާދަމް، އިބްރާހިމް ބިން ހަމްޒާ، ސިޒާން އަލީ ރިޒާ އަދި އިޔާދު އަހްމަދު ނަސީމެވެ.

4 ގުނަ 400 މީޓަރު ރިލޭއިން ލޯ މެޑަލް ޝަރީފް ސްޕޯޓްސްއިން ހޯދިއިރު އެރިލޭ ޓީމުގައި ހިމެނެނީ އިބްރާހިމް އާދަމް، އިބްރާހިމް ބިން ހަމްޒާ، އިކްރާމް އަބްދުﷲ އަދި އިޔާދު އަހްމަދު ނަސީމެވެ.

އަދި އޯޕަން ކެޓަގަރީގެ ލޯންގް ޖަމްޕުން ސިޒާން އަލީ ރިޒާ ލޯ މެޑަލް ހާސިލްކުރި އެވެ. ބާކީ ހުރި އިވެންޓްތަކަށް ބަލާލާއިރު މިއަދު 400 މީޓަރު ސްޕްރިންޓްގައި އިބްރާހިމް އާދަމް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝަރީފް ސްޕޯޓްސްއިން ހޯދަމުން އަންނަ އިތުރު ކާމިޔާބީތަކަށް ބަލާލާއިރު އަހްނާ ނިޒާރު 100 މީޓަރު އަދި 200 މީޓަރުން ރަން މެޑަލް އަދި ޓްރިޕަލް ޖަމްޕުން ރިހި މެޑަލް ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355