twitterviber whatsapp telegramfacebookyoutube instagram
18th August 2026

85 ދަރިވަރުންނާއެކު ނޮޅިވަރަމު ސްކޫލުގައި ކެޑޭޓް ހަރަކާތް ފަށައިފި

ނަބީލާ އިސްމާޢީލް
Mar 21, 2023

ހދ ނޮޅިވަރަމް ސްކޫލުގައި އަލަށް ކެޑޭޓް ހަރަކާތް އިފްތިތާހުކޮށް ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވީ 41 ފިރިހެން ދަރިވަރުން އަދި 44 އަންހެން ދަރިވަރުންނާ އެކު ޖުމްލަ 85 ދަރިވަރުންނާއެކު ކެޑޭޓުން ހުވާކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހު އެވެ.

މި ރަސްމިޔާތުގައި ކެޑޭޓުންނަށް ހުވާލައިދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު ސިރާޖެވެ. ކުދިންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ ޓްރެއިނިންގ އެންޑް އޮޕޮރޭޝަންސް އޮފިސަރ، މެރިން ޑެޕްލޮއިމަންޓް ޔުނިޓް 6 އެކްޓިންގ ކޮމާންޑަރު ފަސްޓް ލެފްޓިނެންޓް މުހައްމަދު ރައިހާން، އަދި އެމްއެންޑީއެފް ކޯސްޓް ގާޑް ފަސްޓް ސްކޮޑްރަން ކޮމާންޑަރު ފަސްޓް ލެފްޓިނެންޓް މުހައްމަދު އަހުމަދެވެ.

ކުރިންވެސް ކެޑޭޓް ހަރަކާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާހުރެ ކުރިއަށް ނުގެންދެވި އޮތް މި ހަރަކާތަށް މި ފަހަރު ކުދިން ތައްޔާރުކުރަން ފަށާފައިވަނީ މިދިޔަ ފެބްރުވަރީ 5 ވަނަ ދުވަހުން ފެށިގެނެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ސްކޫލުތަކެއްގައި ކެޑޭޓް ހަރަކާތް އަންނަނީ ފަށަމުންނެވެ. މި ސަރަހައްދުގައި ކެޑޭޓްގެ ހަރަކާތްކުރިއަށްގެންދާ ސްކޫލުތަކުގެ ތެރޭގައި އިހަވަންދޫ ސްކޫލާއި ދިއްދޫ، ހަނިމާދޫ، ކުޅުދުއްފުށީ ސްކޫލުތަކާއި އަދި ފުނަދޫ ސްކޫލު ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355