twitterviber whatsapp telegramfacebookyoutube instagram
27th July 2024

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައަޅައިފި

ނަބީލާ އިސްމާޢީލް
Mar 21, 2023
1

މިއަހަރުގެ ރަމަޟާންމަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެގައުމެއްގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމަކުމެ، ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުން އީދު ވިލޭރެއާއި އީދު ދުވަހު ކާނޭތަކެތި ހުރެފައި އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން އެ މުޖުތަމައުގައި އުޅޭ ފަގީރުންނަށް ދިނުން ފަރުޟް ކުރައްވާފައިވާ އެއްޗެކެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ދައްކަން ޖެހޭ އަދަދުތައް ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ އެކި ބާވަތްތަކަށް ކަނޑައަޅާފައިވާ އަދަދުތަކަކީ:

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
  • ރަތް ހަނޑޫ - 99 ރުފިޔާ
  • ބާސްމަތީ އާދައިގެ ހަނޑޫ - 84 ރުފިޔާ
  • ބާސްމަތީ މޮޅު ހަނޑޫ - 100 ރުފިޔާ
  • ބާސްމަތީ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27ވަނަ ދުވަހާއިހަމައަށެވެ. އެއީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18ވަނަ ދުވަހާއި ހަމައަށެވެ.

ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355