twitterviber whatsapp telegramfacebookyoutube instagram
25th September 2026

ކޭއޯ ރޯދަ ބަދިގެ: ބްލޫބެރީ މޮހީޓޯ

ނަބީލާ އިސްމާޢީލް
Mar 23, 2023

ކޮންމެ ބާވަތެއްގެ ކެއުމެއް ނުވަތަ ބުއިމެއް އެއްނަމެއްކީނަމަވެސް އެކި ފަރާތްތަކުން ތައްޔާރުކުރާގޮތް ތަފާތުވެދާނެ އެވެ. އެގޮތުން ބުލޫބެރީ މޮހިޓޯ އަކީވެސް އެކި މީހުން ތަފާތު ގޮތަކަށް ތައްޔާރުކޮށްފާނެ ބާވަތެކެވެ.

ބޭނުންވާނެ ތަކެތި:

  • 3 މ ސަމްސާ ބްލޫބެރީ ސިރަޕް
  • 1/2 ޖޯޑް ސްޕްރައިޓް
  • 3 މިންޓް ފަތް
  • 2 މ ސަމްސާ ލުނބޯ ޖޫސް (ހުތް)
  • ގާނިޝް ކުރުމަށް: މިންޓް ފަތްކޮޅެއް، އައިސްކިއުބް އަދި ލުނބޯ ފޮތި ތުނިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް:

މިންޓްފަތް އަދި ސިރަޕް، ޖަގަކަށް އަޅާފައި ސަމުސަލަކުން ރަނގަޅަށް އެކޮށްލާށެވެ. ދެން މީގެ ތެރެއަށް ލުނބޯ ޖޫސް އަދި އައިސް ކިއުބް އަޅާފައި އިތުރަށް ހަލުވާލާށެވެ. ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި ބްލޫބެރީ މޮހީޓޯ އަޅާފައި އޭގެ ތެރެއަށް އައިސްކިއުބް، ލުނބޯ ފޮތިތައް، މިންޓް ފަތް އަޅާފައި މައްޗަށް ސްޕްރައިޓް އަޅާލީމައި އެ ހުރީ ބްލޫބެރީ މޮހިޓޯ ތައްޔާރުކޮށްލެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293