twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިޖުތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރަންޖެހޭ: ފަޒްނާ

ނަބީލާ އިސްމާޢީލް
Mar 22, 2023

އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައްކޮށް އެދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ސޯޝަލް ވާކް ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ކުރިއަށްގެންދިޔަ ހަރަކާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އަނބިކަނބަލުން ވިދާޅުވީ ނަހަމަ އާ ބޭއިންސާފާ އެތައް ބަޔަކު ކުރިމަތިލަމުން އަންނައިރު، މި ހާލަތު ބަދަލުކުރުމަށް އިޖްތިމާއީ ހިދުމަތްތެރިންނަކީ މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަން ފާހަގަކުރައްވާ އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައްކޮށް އެދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ކުރުމަކީ އަދުލުވެރި ސުލްހަވެރި ބާއްޖަވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ގަބޫލުކުރައްވާކަމުގައެވެ. އަދި އެންމެން ޝާމިލްވާ އިންސާފުވެރި މުޖުތަމައެއް އުފެއްދުމަށް އިޖްތިމާއީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްވެސް އެކަމަނާ ވަނީ މި ވީޑިއޯ މެސެޖުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ވީޑިއޯ މެސެޖުގައި އެކަމަނާ ވަނީ ދުނިޔޭގެ ސޯޝަލް ވާކާސް ދުވަހުގެ މުނާސަބަތުގައި އިޖްތިމާއީ ހިދުމަތުގެ ބުރަ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.

މި ހަރަކާތަކީ އިޖްތިމާއީ ހިދުމަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އިޖުތިމާއީ ހިދުމަތްތެރިންނަށްވަނީ ހަނދާނީ ފިލައެއް ހަވާލުކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355