twitterviber whatsapp telegramfacebookyoutube instagram
31st May 2026

ދިރާގުގެ ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ނިންމައިފި

Mar 22, 2023

ދިރާގުގެ ހިއްސާއަކަށް 7.33 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

ކްރޮސް ރޯޑުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ހިއްސާގެ ގޮތުގައި ބަހަން ނިންމާފައިވަނީ ޖުމްލަ 557 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ މިއަހަރުގެ ހިއްސާގެ ފައިދާ ބަހާނީ ފެބްރުއަރީ މަހުގެ 16 ގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށެވެ. ރޭގެ ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މިދިޔަ އަހަރު އެކުންފުނިން ވަނީ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 6.20ރ. ގެ މަގުން ޖުމްލަ 471 މިލިއަންު ރުފިޔާ ބަހައިފަ އެވެ.

މިއަހަރު މިވަނީ ހިއްސާދާރުންނަށް ބަހާ ޖުމްލަ އަދަދަކީ 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދިރާގުގެ 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުނީގެ ފައިދާ 11.8 ޕަސެންޓު އިތުރުވެ، 909 މިލިއަން ރުފިޔާ ލިބުނެވެ.

ދިރާގުން ބުނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ދިރާގުގެ މައި ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) ކަމަށެވެ. އަދި އެ ކުންފުނީގެ ހިއްސާއަކީ 52 އިންސައްތަ ކަމަށާއި އެ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 41.80 އިންސައްތަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355