twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަމްރު މަގާމުން ވަކިކޮށްފި

ނަބީލާ އިސްމާޢީލް
Mar 27, 2023

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން އަމްރު އިއްޔެ ވަކިކޮށްފި އެވެ.

އަމްރު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވާފަ އެވެ.

އެސްޓީއޯ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެވަޑައިގެންނެވީ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމު އެވެ.

އޭނާ މަގާމުން ވަކި ކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ދޭތެެރެއަކުން ސަރުކާރުން ގެންނަ ބަދަލެއް ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި އަމްރު ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ކެމްޕެއިން ކުރެއްވުމަށް ފަހު އެ އިންތިހާބުން ރައީސް ކާމިޔާބު ކުރުމުން ވެސް އަމްރު ހުންނެވީ ނަޝީދާ އެކު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދުގެ ކެމްޕޭންގައި އުޅުއްވުމުން އަމްރުއަށް ފާޑުކިޔުންވެސް އަމާޒުވި އެވެ.

އަމްރު އޭރު ވިދާޅުވި ގޮތުގައި ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމަށްފަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީ އާއި "ފިކުރެއްގެ ދިރުން" ގުޅިގެން މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، މަޝްވަރާއަށް ޖޭޕީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނަޝީދު ފޮނުވި އެއް މަންދޫބަކީ ވެސް އަމްރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355