twitterviber whatsapp telegramfacebookyoutube instagram
18th July 2026

ކުޅުދުއްފުށީގައި ބާއްވާ އިހްޔާ ފޯރަމް އޮންނާނީ މިމަހު 31 ގައި

އަބްދުލް ވާހިދު ޙަސަން
Mar 27, 2023

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ގުޅިގެންދާ ކޮންމެ ރަމާޟާންމަހަކު ބާއްވަމުން އަންނަ އިހްޔާ ފޯރަމު މިއަހަރުވެސް ކުޅުދުއްފުށީގައި ކުރިއަށްދާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ

ދިނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދިނީ ޝިޢާރު އަށަގެންނެވުމުގެ ގޮތުން ކުރިއަށްގެންދާ މި އިޙްޔާ ފޯރަމް މިއަހަރު އޮންނާނީ މި މާރޗުމަހުގެ 31 ވާ ހުކުރުދުވަހު އެވެ.

ކުޅުދުއްފުށީގައި ބާއްވާ އިޙްޔާ ފޯރަމް ކުރިއަށް ގެންގޮސްދެއްވަނީ އައްޝައިޚް އަބްދުﷲ އާމިރު އާއީ އައްޝައިޚް އަލީ ޒައިދެވެ. އެ ދުވަހު މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުންވެސް ކުރިއަށްދާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

އިހްޔާ ފޯރަމް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ 21:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ. "އިސްލާމީ ނަޒަރަކުން ވަގުތު" މި މައުޟޫއަށް ދަރުސް ދެއްވަން ހަމަޖެހިފައިވާއިރު ވީހާވެސް ގިނަ ބަޔަކު މި ފޯރަމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

އެންމެންނަށް ހުޅުވާލެވިގެން ބާއްވާ މި ފޯރަމުގައި ސުވާލުކުރުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355