twitterviber whatsapp telegramfacebookyoutube instagram
8th November 2026

ދިރާގު ބޮޑު ހަދިޔާއަށް ކޮންމެ ހަފުތާއަކު 'މައިޑިއާ' މެގަ ހޯމް ޕެކެއް

ނަބީލާ އިސްމާޢީލް
Mar 28, 2023

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް 'ބޮޑު ހަދިޔާ' އެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ގެންގުޅޭ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް 'މައިޑިއާ' ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރު ލީ އައިސް އަލަމާރި، ޑިޝްވޮޝަރ، އަވަން، މައިކްރޮވޭވް، އެއާ ޕިއުރިފަޔާ އަދި ވެކިއުމް ކްލީނާ ފަދަ ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެއެވެ.

މީގެ އިތުރުން 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެމީހެއްގެ އުމުރާ ދަތުރެއްވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ހާއްސަ އައު އޮފާތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293