twitterviber whatsapp telegramfacebookyoutube instagram
21st August 2026

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

Mar 29, 2023

އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

އުމުރާ އަށް ގޮސް އުޅެނިކޮށް ނިޔާވީ އައްޑޫސިޓީ ހިތަދޫ ހިޖުރަ، މުހައްމަދު ރަފީއު އެވެ. އޭނާއަކީ އަލް-އައިން ޓްރެވެލް އެންޑް ޓުއާސްގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި މީހެކެެވެ.

ރަފީއުގެ މައްޗަށް ކަށު ނަމާދު ކުރުމަށް އޮތީ މިއަދުގެ ފަތިސް ނަމާދަށް ފަހު މަސްޖިދުލް ހަރަމްގަ އެވެ.

އުމްރާގެ އަޅުކަން ކުރުމަށް ރަފީއު މައްކާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ވެސް އުމްރާއަށް ގޮސް އުޅުނު ގދ. ފަރެސްމާތޮނޑާ، ދިލްދާރުގެ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ 84 އަހަރުގެ އަންހެނަކު ވެސް ނިޔާވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355