twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އުރީދޫ ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Mar 29, 2023

އުރީދޫން މޯލްޑިވްސްއިން ބާއްވާ ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އުރީދޫން ބޭއްވުމަށް ހަމަޖެހިފައިވާ ބޮކި ބޯޅަ މުބާރާތަކީ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅައެކެވެ.

އުރީދޫން މިއަދު ބުނީ ބޮކި ބޯޅަ މުބާރަތް އިންތިޒާމް ކޮށްފައިވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑާ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ ގުޅިގެން ކަމަށެވެ.

އެ މުބާރާތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/bokiboalha މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެން ހުންނާނެއެވެ. އަދި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

ބޮކި ބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 6 އިން 8 ވަނަ ދުވަހާ ހަމައަށް ކަމަށް އުރީދޫން ބުންޏެވެ.

މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 10،000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ އިނާމުގެ ގޮތުގައި ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ 12 ޓީމަށް ކަމަށާއި މުބާރާތް ކުރިއަށް ގެންދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލުގެ ޖާގަ ލިބޭނެ ކަމަށެވެ. އަދި މުބާރާތުގައި 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ، ޓީމުތައް ހޮވާނީ ގުރުއަތު ނަގައިގެން ކަމަށްވެސް އުރީދޫން ބުންޏެވެ.

ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިންނާއި ގިނަވެގެން ތިން އޮފިޝަލުން ތިބެން ޖެހޭނެ ކަމަށާއި ކޮންމެ ޓީމަކުންވެސް ކުޅެން އެރޭނީ ފަސް ކުޅުންތެރިންނަށް ކަމަށްވެސް އުރީދޫން ބުންޏެވެ.

މެޗު ކުރިއަށް ގެންދާނީ 10 މިނިޓަށް ކަމަށާއި ތިން މިނެޓުގެ ބްރޭކަކާ އެކު ދެ ހާފު ހިމެނޭނެ ކަމަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ، ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ ކަމަށާއި ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ، ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ވަނީ މީގެ ކުރިންވެސް ރޯދަ މަހާ ދިމާކޮށް، ޝައުގުވެރި އެކި ހަރަކާތްތައް ބާއްވައިފައެވެ. އެގޮތުން މީގެ ކުރިން ރޯދަ މަހު އާންމުންގެ މެދުގައި މަގުބޫލުކަން ލިބިގެން ދިޔަ މަސް ރޭސް، މިއަހަރުވެސް ކުރިއަށް ގެންދާނެއެވެ. ނަމަވެސް މިއަހަރު މަސްރޭސް ބާއްވާނީ ރޯދަމަހަށް ފަހު ކަމަށް އުރީދޫން ބުނެއެވެ. މަސްރޭހުގެ އާ ތާރީހުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355