twitterviber whatsapp telegramfacebookyoutube instagram
7th May 2024

ގިނަ ރަށްތަކަށް ކަދުރު ނުލިބި ހުސްވެއްޖެ: އަސްލަމް

ނަބީލާ އިސްމާޢީލް
Apr 5, 2023

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު އަތޮޅުތެރޭގެ ގިނަ ރަށްތަކަކަށް ނުލިބޭކަމަށް ހދ އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓާ އަބުދުﷲ އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް ކޭއޯއާގައި ވާހަކަދައްކަވަމުން ވިދާޅުވީ ކަދުރު ބެހުމުގައި އިސްލާމިކް މިނިސްޓްރީން ހަމަހަމަ އުސޫލެއް ގެންގުޅެމުން ނުދާކަމަށެވެ. މި އަހަރު ކަދުރު ބަހާފައިވަނީ މާލޭ މީހާއަށް ކަދުރު ބޮޑިއެއް އަދި ރާއްޖެ ތެރޭ މީހުންނަށް ކަދުރު ބޮޑިއެއްގެ 4 ބައި ކުޅަ އެއްބައިގެ ނިސްބަތުން ކަމަށާއި މިއީ އިންސާފެއް ނެތް ވަރަށް ހިތާމަހުރި ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ރަށްރަށަށް ކަދުރު ނުލިބި ކަދުރު ހުސްވެއްޖެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި. މިއީ ވަރަށް ދެރަ ކަމެއް. ހަމަހަމަ އުސޫލަކުން ނުބަހާ ވަކި ބަޔަކަށް ކަދުރު ދީ ހުސްކޮށްލީ މިއީ ހިތާމަ ހުރިކަމެއް." އޭނާ ވިދާޅުވި އެވެ.

ކަދުރު ނުލިބޭ ކަމުގެ ޝަކުވާ ލިބިފައިވާއިރު އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން 06 އޭޕްރީލް 2023 (މާދަމާ) ހަމައަށް ކުރިއަށްދާނެކަމަށާއި ސައުދީ ސަރުކާރުން ހަދިޔާކޮށްފައިވާ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ހުސްވެފައިވާ ކަމަށެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވާ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންކަމަށެވެ.

ސައުދީ ސަރުކާރުން މި އަހަރުވެސް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355