twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ޤުރުއާން މުބާރާތުން 1 ވަނަ އަފީފުއްދީން ސްކޫލްގެ ޢައްމާރަށް

Apr 8, 2023
1

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ އަފީފުއްދީން ސްކޫލުގެ ދަރިވަރު މުހައްމަދު ޢައްމާރު އަހުމަދު ނަސީމް ސްނޯރޯސް، ކާމިޔާބުކޮށްފި އެވެ.

ޖުމްލަ 165 ދަރިވަރުންނާއެކު މިދިޔަ ހޯމަދުވަހު ފެށި މި މުބާރާތުގެ، މުޅި މުބާރާތުން 1 ވަނަ މުހައްމަދު ޢައްމާރު ކާމިޔާބުކުރިއިރު ދެވަނަ ކާމިޔާބު ކޮށްފައިވަނީ ހުސައިން ޔާނިމް ރައުޟް، ހދ ނެއްލައިދޫ އަދި 3 ވަނަ ކާމިޔާބުކުރީ އައިޝަތު ޝައިނާ ނޫމަރާމަންޒިލް، އއ ހިމަންދޫ އެވެ.

މުޅި މުބާރާތުން 1 ވަނަ ސްކޫލަކަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލެވެ. އަދި މުޅި މުބާރާތުން 1 ވަނަ ޤުރުއާން ކްލާހަކަށް އުލޫމުލް ޤުރުއާން ކްލާސް ވަނީ ހޮވިފަ އެވެ.

މުޅި މުބާރާތުގެ ގަދަ 10ގައި ހިމެނުނު ދަރިވަރުން

  • މަރްޔަމް އަޒްކާ ޢަލީ / ނާރެސް،
  • އާމިނަތު އަމާނީ އަޙްމަދު / ޒަމްޒަމް،
  • އަލްސަން ޢަލީ / ލަކުސްގެ،
  • ޢާއިޝަތު ހިޝްމާ ފަހުމީ / ހަވީރީހިޔާ،
  • މަންޙާ އާދަމް / ފޯޅަވަހި،
  • ލަޢިބާ ތާރިޤް / އައްސޭރި،
  • މުހައްމަދު ފާއިޤް ހުސައިން ފަހުމީ / ޓޯކިޔޯގެ،
  • ޔޫސުފް އިބްރާހީމް / ފަރެސް،
  • ޢާއިޝަތު ޝައިނާ / ނޫމަރާ މަންޒިލް،
  • ހުސައިން ޔާނިމް / ރައުޟް،
  • މުހައްމަދު ޢައްމާރު އަހުމަދު ނަސީމް / ސްނޯރޯސް،

އަމިއްލަ ގޮތުން މި މުބާރާތުގައި ބައިވެރިވެވޭގޮތައް އޮތީ ހަމައެކަނި ޙާފިޘުންގެ ބައިގަ އެވެ. ނަމަވެސް މި ބައިގައި އެއްވެސް ބައިވެރިއަކު ބައިވެރިވެފަ އެއް ނުވެ އެވެ.

މިއަހަރު އަލަށް މި މުބާރާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށްވަނީ ސިޓީ ކައުންސިލުން ފައިސާގެ އިނާމުވެސް ހަވާލުކޮށްފައެވެ. އެގޮތުން މުޅި މުބާރާތުގެ އެއްވަނަ ދަރިވަރަށް 2000 ރުފިޔާގެ އިނާމް ދީފައިވާއިރު ދެވަނަ ދަރިވަރަށް 1500 ރުފިޔާ އަދި ތިންވަނަ ދަރިވަރަށް 1000 ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ.

އަދި މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުންނަށް ކޮންމެ ދަރިވަރަކަށް 1000 ރުފިޔާގެ އިނާމްވަނީ ދީފަ އެވެ.

މީގެ އިތުރުންވެސް އެކި އެކި ފަރާތްތަކުންވަނީ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355