twitterviber whatsapp telegramfacebookyoutube instagram
8th September 2024

ފާގަ: ހަމައެކަނި ރުޅިގަދަ މީހުންނަށް ހާއްސަ މޭވާއެއް ނޫން

ނަބީލާ އިސްމާޢީލް
Apr 12, 2023

އާންމުކޮށް ރާއްޖޭގައި ފަސޭހައިން ހައްދާލެވޭ ފާގައަކީ ވަކި ރުޅިގަދަ މީހުންނަށް ހާއްސަ މޭވާއެއްނޫނެވެ. އެއީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަނދިވެފައިވާ ފައިދާހުރި މޭވާ އެކެވެ. އެހެންކަމުން ރުޅިގަދަ ނޫންނަމަވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާ ކޮންމެ މީހަކުވެސް މިއީ ކާން ރަނގަޅު މޭވާއެކެވެ.

ރުޅިގަދަވެގެން ނުވަތަ އަޑުގަދަކޮށް ޒުވާބުކުރާ މިހާކާދިމާލަށް ވަރަށް ފަސޭހައިން ފާގަ ދިޔަ ބޯށޭ ނުވަތަ ތިހުރީ ފާގަ ކާންވެފައޭ ބުނާ އަޑު ޒަމާނުންސުރެން އަޑުއިވެއެވެ.

އެހެންކަމުން ގިނަ ބަޔަކަށް ހީވެފައިވަނީ ފާގައަކީ ރުޅިގަދަ މީހުން ކެއުމަށް ހާއްސަ މޭވާއެއްގެ ގޮތުގައެވެ. ނަމަވެސް ފާގައަކީ ހަމައެކަނި ރުޅިގަދަ މީހުން ކާންޖެހޭ މޭވާއެއް ނޫނެއެވެ.

ރާއްޖެއިން ފަސޭހައިން ފާގަ ލިބޭއިރު، ގިނަ ބަޔަކު މިމޭވާއާ ދުރުކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް ފާގައިން ލިބޭ ފައިދާތަކަށް ބަލާއިރު މިއީ ކެއުމުގައި ނުހިމަނާ ދޫކޮށްލަން ހެޔޮވާވަރުގެ މޭވާއެއް ނޫނެއެވެ.

ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މިމޭވާ ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ރޯލެއް އަދާ ކުރާއިރު ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދިނުމާއި، ދިފާއީ ބާރު ވަރުގަދަކޮށްދީ ހަށިގަނޑުން ސަރުބީ ދަށް ކުރުމާއި، ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

ކެންސަރުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީވެދިިނުމުގެ އިތުރުން، އަރިދަފުސް ރޯގާ ފަދަ އާންމު ބަލިތަކުންނާއި ހާލާކުވެފައި ހުންނަ ތަންތަނުން ފާރުގަނޑު އަވަހަށް ފަސޭހަވުމާއި، ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކޮށްދޭ މޭވާއަކަށް ފާގަ މުހިންމު ރޯލެއް އަދާ ކުރެއެވެ. މީގެ އިތުރުން މިއީ ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ މޭވާއެކެވެ

މިމޭވާއަކީ ވައިރަސްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނަ މޭވާއަކަށް ވެފައި ހަށިގަނޑުގެ ސެލްތަކާއި، ނާރުތައް ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި އަނގަފާރުން ރައްކާތެރިކޮށްދީ، ހަކުރު ބައްޔާއި، ފުރަގަސް ފަރާތު ބައްޔަށް ވެސް ފަރުވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355