twitterviber whatsapp telegramfacebookyoutube instagram
28th April 2024

ސިންތަޓިކް ޓްރެކްގެ އަމަލީ މަސައްކަތް ދެ ތިން މަސްތެރޭގައި ފެށޭނެ: މަހުލޫފް

އަބްދުލް ވާހިދު ޙަސަން
Apr 13, 2023
1

ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ ސިންތަޓިކް ޓްރެކްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ތިންމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ސިންތަޓިކް ޓްރެކެއް އެޅުމުގެ ވާހަކަ އެންމެ ފުރަތަމަ މަހުލޫފު ދެއްކެވީ 2019 ވަނަ އަހަރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ކައުންސިލާއި ބައްދަލުކުރައްވާފަ އެވެ. އެއަށްފަހު ކޮންމެ އަހަރެއްގެ ބަޖެޓްގައި ސިންތަޓިކް ޓްރެކް ހިމެނިނަމަވެސް މިއަދާ ޖެހެންދެން އޮތީ އެ މަސައްކަތް ނުކުރެވި އެވެ.

ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ސިންތަޓިކް ޓްރެކްގެ މަސައްކަތް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށާ މިހާރު ކުރެވެމުންދަނީ އެންމެ ފަހު ސްޓޭޖްގެ މަސައްކަތްތައް ކަމަށެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑަށް ގަބޫލުކުރެވެނީ ދެ ތިން މަސްތެރޭގައި އަޅުގަނޑުމެންނަށް ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް." ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ސިންތަޓިކް ޓްރެކްގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ ގިނަ އަދަދެއްގެ ދުވުންތެރިން އުފައްދަމުން އަންނަ ރަށެކެވެ. އެގޮތުން ރާއްޖެ ތަމްސީލުކުރާ ބައިނަލްއަގްވާމީ މުބާރާތްތަކުގައިވެސް ކުޅުދުއްފުއްޓަށް އުފަން ގިނަ އަދަދެއްގެ ދުވުންތެރިން ފެންނަކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355