twitterviber whatsapp telegramfacebookyoutube instagram
8th April 2026

ދިރާގުން އީދު ފާހަގަކުރުމަށް ބޯކިބާ އަދި އީދު ހަދިޔާ ބަހައިފި

ނަބީލާ އިސްމާޢީލް
Apr 22, 2023

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން އިއްޔެ ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު އީދު ބޯކިބާ އަކީ ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި މާލޭ އާޓިފިޝަލް ބީޗާއި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ހަރަކާތެކެވެ.

އެ ހަރަކާތް ކުރިއަށްގެންދިޔައީ މާލޭ ސިޓީ ކައުންސިލާއި އާބަންކޯ ގުޅިގެންނެވެ.

އޭގެ އިތުރަށް ދިރާގުން ވަނީ އީދު ނަމާދަށްފަހު މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް އީދު ހަދިޔާ ގިފްޓް ޕެކްވެސް ބަހައިފަ އެވެ.

މިއީ މީގެ ކުރީ އަހަރުތަކުގެ އީދު ދުވަހު ވެސް ދިރާގުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި އީދަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވުމަކީ ލިބުނު ބޮޑު އުފަލެކެވެ.

"މިފަދަ އިޖްތިމާއީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖްތިމާއީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަން ދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް އާންމުންނަށް ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، މުއްސަނދިކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355