twitterviber whatsapp telegramfacebookyoutube instagram
28th April 2024

ލައިސަންސްގެ ހުރިހާ ހިދުމަތެއް ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް

ނަބީލާ އިސްމާޢީލް
Apr 26, 2023
1

ރާއްޖޭގެ ހުރިހާ ރަށަކުން ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެ އިންތިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެ މިނިސްޓްރީން ތައާރަފް ކޮށްފައިވާ ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް އަތޮޅުތަކުގައި "އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުން ވެސް މި ހިދުމަތް ދޭން ފަށާފައިވާކަމަށެވެ.

އެ މިނިސްޓަރީން ބުނީ ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް 25000 އެޕްލިކޭޝަނަށް ހިދުމަތް ދީފައިވާ ކަމަށެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޕޯޓަލްއަކީ އަލަށް ތައާރުފުކުރި ޕޯޓަލްއެއްކަމުން ބައެއް ހާލަތްތަކުގައި އެކިއެކި ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށެއެވެ. އަދި މިގޮތަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށާއި މި ފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ މިނިސްޓްރީއަށް ގުޅައި އެކަމެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގު ފަހިކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނިން އަލަށް ތައާރުފްކުރި "ސިމްސް" ޕޯޓަލަކީ ކޮންމެ މީހަކަށްވެސް އެ މީހެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ހިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

މި ހިދުމަތަކީ މިހާރު ރައްޔިތުން ބަލައިގެންފައިވާ، ފަސޭހަ އަދި ރައްކާތެރި ހިދުމަތަކަށް ވުމާއެކު މި ހިދުމަތުގެ ތެރެއިން ކޮންމެ މީހަކަށްވެސް ޑިޖިޓަލް ލައިސަންސް ލިބޭނެގޮތަށް ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.

ޑިޖިޓަލް ލައިސަންސާއެކު އުޅަނދު ދުއްވާ މީހުންނަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އެގޮތުން ލައިސަންސް ކާޑު ގެއްލުމާއި އަދި އަބަދުވެސް އަތުގައި ލައިސަންސް ގެންގުޅެންޖެހުމުގެ ބުރައަށް ޑިޖިޓަލް ލައިސަންސް ހިދުމަތާއެކު ވަނީ ލުއިލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355