twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރާއްޖެއަށް ލިބެންއޮތް ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން: އަލީ

އަބްދުލް ވާހިދު ޙަސަން
Apr 29, 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑު ސަރަހައްދުގެ އިމުގެ މައްސަލާގައި ރާއްޖެއަށް ކާމިޔާބު ލިބުނުކަމަށް ނުބެލެވޭކަމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް އިޓްލޮސް އިން ނިންމި މައްސަލާގައި ރާއްޖެއަށް ބޮޑު ބައި ލިބި، މައްސަލަ ކާމިޔާބުކުރެވުނު ކަމަށް ދިވެހި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.

ސޯޝަލް މީޑީއާގައި ލިޔުއްވި ޕޯސްޓެއްގައި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު ހުސެއިން އަލީ ވިދާޅުވީ، އިމުގެ މައްސަލާގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ ކަމަށާއި ރާއްޖެއިން ބައެއް ގެއްލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން ކަމަށެވެ.

"
އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ. ރާއްޖެއިން ބައެއް ގެއްލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން. ރާއްޖެއަށް ލިބެންއޮތް ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން.
މެމްބަރު އަލީ ހުސެއިން

އޭނާ ވިދާޅުވީގޮތުގައި މިއަދާއި ހަމައަށް ދިވެހި މަސްވެރިން މަސްވެރިކަންކުރުމަށް ނުކުމެ އުޅެވޭ ސަރަހައްދަކަށް މާދަމާ ނުނިކުމެވޭ ގޮތަށް މައްސަލަ ނިމުމުން އެއީ ކާމިޔާބީއެއް ކަމަށްބުނެ ބައެއް މީހުން އުފާކުރުމަކީ ހިތާމަހުރިކަމެއް ކަމަށެވެ.

އަދި މި މައްސަލާގައި ހަމަ ބުއްދި ބޭނުން ކުރައްވައިގެން ވިސްނެވުމަށްވެސް މެމްބަރު އަލީ ވަނީ އެދިވަޑައިގެންފަ އެވެ.

އިމުގެ މައްސަލާގައި ރާއްޖެއިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355