twitterviber whatsapp telegramfacebookyoutube instagram
14th October 2026

ލޯންޗު އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

ނަބީލާ އިސްމާޢީލް
Apr 29, 2023

ދެ ލޯންޗު ޖެހި މާލެ ކައިރިން ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 4:42 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި, އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވީ ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) އެވެ. އެވަގުތު ލޯންޗުގައި ތިބީ އޭނާގެ އިތުރުން ދެ ކްރޫ މެމްބަރުންނެވެ. ލޯންޗު ދަތުރު ކުރަމުންދިޔައީ ގުޅީފަޅުން ހުޅުމާލެއަށެވެ.

ސާސް އީ ކޮންސްޓްރަކްޝަނަކީ އިމާރާތްކުރުމުގެ އިތުރުން ބިން ހިއްކުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހެދުން ފަދަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293