twitterviber whatsapp telegramfacebookyoutube instagram
7th May 2024

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި އެމްއެސްސީ ނާރސިން ހެދުމުގެ ފުރުސަތު

Apr 30, 2023

ނަރުސްކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އެއް ޕްރޮފެޝަންއެވެ. ވުމާއެކު، މި ދާއިރާއިން ތައުލީމު ހާސިލުކުރެވެން އޮތް އެންމެ މައްޗަށް ތައުލީމު ހާސިލްކުރުމަކީ އެތަކެއް ނަރުހުންނެއްގެ ހުވަފެންކަމުގައި ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެހެންކަމުން، މި ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައި، އިތުރަށް ކުރިއަށް ދިޔުމަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮއްގެން، ކުރިއަށްއޮތް މޭ އިންޓޭކުގައި، ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި މާސްޓާރ އޮފް ސައިންސް އިން ނާރސިން ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަކީ ނަރސިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހައްދަވައިގެން ތިއްބެވި ބޭފުޅުނަށް ބޭނުންވާ އިތުރު ހުނަރާއި މަޢުލޫމާތު ހިމަނައިގެން ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ އިނގިރޭސިވިލާތުގައި ކުރިއަރަމުން އަންނަ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމެކެވެ. ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑަކީ އިނގިރޭސިވިލާތުގެ ސަރުކާރުން ޔުނިވަރސިޓީ ތަކުގެ ފެންވަރު ވަޒަން ކުރަން ބޭނުންކުރާ މިންގަނޑެއްކަމަށްވާ ޓީޗިންގ އެކްސެލެންސް ފްރޭމްވޯރކް (ޓެފް) ގެ ގޯލްޑް ސްޓޭޓަސް ލިބިފައިވާ ޔުނިވާސިޓީ އެކެވެ.

މިއީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމެއް ކަމުގައި ވިޔަސް ކިޔަވައިދޭނެ މޮޑިއުލްތައް ހޮވާލުމުގައި ރާއްޖޭގެ މާހައުލާއި ގުޅޭ އަދި މި ދާއިރާއިން ރާއްޖެއަށް ތަމްރީން އެންމެ މުހިއްމު ދާއިރާތަކަށް އިސްކަން ދެވިފައިވާނެއެވެ. މި ގޮތުން ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ މީހުން ބެލެހެއްޓުމާއި ދިނުމާއި ނަފްސާނީ ދުޅަހެޔޮކަމަށާއި އާއި ސަބްސްޓޭންސް މިސްޔޫސް އަދި އޮކިއުޕޭޝަން ހެލްތް ފަދަ ދާއިރާތަކަށް ބަލާލެވިފައިވާނެއެވެ. ހަމަ އެއާއިއެކު ހާލުދެރަ ބަލި މީހުންދެނެގަތުމާއި އެފަދަ ބަލިމީހުންނަށް ފަރުވާދިނުމާއި ބެލެހެއްޓުމާއި ބެހޭ ގޮތުން ފަރުމާ ކުރެވިފައިވަ މޮޑިއުލްއެއްވެސް މި ޕްރޮގްރާމްގައި ހިމެނިފައެވެއެވެ.

ޔޫވީގެ މި ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ނަރުހުންނަކީ ތަފާތު އެކި އެކި ހާލަތް ތަކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދަނެގަނެ އެފަދަ ހާލަތްތަކަށް ހޭނުމާއި އަދި ނަރުހުންގެ ކިބައިގައި ހުންނަން ޖެހޭ އެކި އެކި ހުނަރުތައް ތަރައްޤީ ކުރުމާއި އެކު މިދާއިރާ އިތުރަށް ތަރައްޤީ ކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާ ކުރާނެ މީހުންބިނާ ކުރުމަށް ސަމާލުކަށް ދީގެންނެވެ.

އެގޮތުން މި ޕްރޮގްރާމްގައި ލީޑަރޝިޕް މޮޑިއުލް އެއްގެ އިތުރަށް ސިއްޙީ ދާއިރާއިން ދިރާސާ ކުރުމާއިބެހޭ މޮޑިއުލްއެއް ވެސް ވަނީ ހިމެނިފައިވެއެވެ. މިއީ މިދާއިރާއިން ޕީ.އެޗް.ޑީ ހެދުމުގެ ވިސްނުން ހުރި ބޭފުޅުނަށް ވެސް މުހިއްމު ޕްރޮގްރާއްމެއް ކަމަށް ވިލާ ކޮލުޖުން ފާހަގަ ކުރެއެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 30 އޭޕްރީލް 2023 ވާ އަންގާރަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން،މެއި މަހުގެ ފަހު ހަފުތާ ތެރޭގައި ފެށޭނެއެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355