twitterviber whatsapp telegramfacebookyoutube instagram
27th April 2024

މުސާރާ ބޮޑުކުރީ ހަމައެކަނި ދިވެހި މުވައްޒަފުންނަށް

ނަބީލާ އިސްމާޢީލް
Apr 30, 2023

މުސާރަ ބޮޑުކޮށްފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އެކަނިކަމުގައި ސަރުކާރުން ހާމަކޮށްފި އެވެ. ސަރުކާރުން މިހެން ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ޕޭ ކޮމިޝަނާއި ފިނޭންސް، ހެލްތު އަދި ޖެންޑާ މިނިސްޓްރީން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ޗެއާމަން މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލާއެކު، އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމުގެ އެލަވަންސް ކޮންމެ ދެ އަހަރަކުން އިތުރު ވާނެ ކަމަށެވެ.

ފައިޒަލް ވާހަކައިގައި މުސާރައިގެ ކުރިއެރުން ދީފައިވާ ގިނަ ދާއިރާތަކުން ދިވެހި މުވައްޒަފުން ނެތްކަން ވަނީ ފާހަގަ ކޮށްފައެވެ.

ފައިޒަލް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ މުސާރަތަކަށް ގެންނަ ބަދަލާއެކު، 3710 މުވައްޒަފުންގެ މުސާރަ ބޮޑުވާނެއެވެ. އެގޮތުން މުސާރަ ބޮޑުވި ފަރާތްތަކުގެ ތެރޭގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި އައިޖީއެމްއެޗްގެ 1،004 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަކްގެ 298 މުވައްޒަފުންނާއި އެހެނިހެން 452 މުވައްޒަފުން ހިމެނެއެވެ.

ސިއްހީ ދާއިރާގެ މުވަޒަފުންގެ މުސާރަ ބޮޑުކޮށް އެކަން އިއުލާނުކުރެއްވީ މިއަދު ހެނދުނު ރައީސް ސޯލިހު ދެއްވި ވީޑިއޯ ހިތޯބެއްގަ އެވެ.

މީގެ ކުރިން، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ސަރުކާރުން ވަނީ ރަނގަޅު ބަދަލުތަކެއް ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355