twitterviber whatsapp telegramfacebookyoutube instagram
4th May 2024

ސޮސިއެޑާޑް އަތުން ރެއާލް ބަލިވުމާއެކު ބާސެލޯނާއަށް ލީގު ހޯދަން އިތުރު ފަސޭހައެއް

މުޙައްމަދު އަހުމަދު
May 3, 2023

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް ބަލިވުމުން ބާސެލޯނާއަށް ދެން އޮތް މެޗުގައި ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފުރުސަތު ފަހިވެގެން ގޮސްފި އެވެ.

މިވަގުތު 33 މެޗުން ހޯދި 82 ޕޮއިންޓާއެކު ބާސާއިން އެއްވަނައިގައި އޮތްއިރު ތާވަލުގެ ދެވަނަައިގައި އޮތް ރެއާލަށް 33 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. މިމަހުގެ 14 ގައި ބާސާއިން ލަލީގާގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ އެޓީމަށް ލީގު ކަށަވަރުވާނެ އެވެ.

ރޭ ބާސާއިން އޮސަސޫނާގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރިހޯދީ 1 - 0 ންނެވެ. ރޭގެ މެޗުގައި ބާސާގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ މެޗުގެ 85 ވަނަ މިނެޓުގައި ޖޯޑީ އަލްބާ އެވެ. މިފަހަރުގެ ލީގުގައި މިމެޗާއެކު ބާސާއިން ވަނީ އެޓީމު ކޮޅަށް ލަނޑެއް ވަނަނުދީ 25 މެޗު ނިންމާލާފަ އެވެ.

ރޭގެ އަނެއް މެޗުގައި ރެއާލް މެޑްރިޑްގެ މައްޗަށް ސޮސިއެޑާޑުން ކުރިހޯދީ 2 - 0 ންނެވެ. ރޭގެ މެޗުގައި ސޮސިއެޑާޑަށް ލީޑު ނަގައިދިނީ އެޓީމުގެ މިޑްފީލްޑަރު ޓަކެފޫސާ ކޫބޯ ޖެހި ގޯލެކެވެ.

އެންޑަ ބަރަނެޓްސޭ 85 ވަނަ މިނެޓުގައި ޖަހައިދިން ލަނޑާއެކު ސޮސިއެޑާޑުން ލީޑު އިތުރަށް ފުޅާކުރި އެވެ. ރޭގެ މެޗުގައި ރެއާލުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. 61 ވަނަ މިނެޓުގައި ރެއާލުގެ ޑެނީ ކާވަހާލްއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355