twitterviber whatsapp telegramfacebookyoutube instagram
11th September 2026

3000 އަށްވުރެ ގިނަ ދުވުންތެރިންނާއެކު އުރީދޫ ފަން ރަން ކުރިއަށް

އަބްދުލް ވާހިދު ޙަސަން
May 5, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ދުވުންކަމުގައިވާ އުރީދޫ ފަން ރަން މިއަދު ހަވީރު ފެށިގެން ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ.

ރަށްމަތިފަންނު ސަރަހައްދުން މިއަދު ހަވީރު ފެށުނު މިދުވުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވަމުންދާކަން ފާހަގަކުރެވެ އެވެ. ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި އެކި ސަރަހައްދުތަކުގައި ކުލަ ޖެހުމާއި ފެން ޖެހުން ކުރިއަށްދެ އެވެ.

އަދި ބައެއް ސަރަހައްދުތަކުގައި އިންފްލޭޓަބަލް އޮބްސްޓޭކަލް ފަދަ މަޖާ ހަރަކާތްތައްވެސް ކުރިއަށްދެ އެވެ. މި ހުރިހާ ހަރަކާތްތަކެއް ދުމުގެ ކުރިއަށްދާއިރު ރަށްމަތިފަންނު ސަރަހައްދުގައި ދަނީ މިސްގާލު ބޮޑުބެރު ގުރޫފްގެ ހިތްގައިމު ހުށަހެޅުންތައް ހުށަހަޅައިދެމުންނެވެ.

އަދި އެ ސަރަހައްދުގައި ފޯމް ޖެހުމުގެ ހަރަކާތް ކުރިއަށްދާއިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން އަންނަނީ ފޯރި ނަގަމުންނެވެ. މި ދުމުގައި ކުޅުދުއްފުށީގައި އުޅޭ ރައްޔިތުންގެ އިތުރުން ކައިރި ސަރަހައްދުތަކުގެ ރައްޔިތުންވެސް މިދުވުމުގައި ބައިވެރިވި އެވެ.

އެގޮތުން ބައެއް ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންވެސް ހިމެނެ އެވެ. މި ދުވުމުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޙާލިދް އަލް - ހަމާދީ އާއި މޭޔަރު އާތިފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ މާލޭ ސަރަހައްދުން ބޭރުގައި ބޭއްވޭ އެންމެ ކުލަގަދަ އަދި އެންމެ އުފާވެރި އަދި އެންމެ ބޮޑު ހަރަކާތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293