twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހަނިމާދޫ މަގުތައް އަލިކުރުމަށް ޒަމާނީ ފެންވަރުގެ މަގުބައްތި ޖަހަނީ

ނަބީލާ އިސްމާޢީލް
May 9, 2023

ހދ ހަނިމާދޫ މަގުތަކުގައި މިހާރު ހުރި މަގު ބައްތިތައް ނަގައި ޒަމާނީ ފެންވަރުގެ މަގު ބައްތި ހަރުކުރުމުގެ އަމަލީ މަޝްރޫއުއެއް ހަނިމާދޫ ކައުންސިލުން ފަށައިފި އެވެ. މި މަޝްރޫއުއަކީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއުއެއްކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ކޭއޯއަށް ވިދާޅުވީ މިހާރު މަގުތަކުގައި ހުރި ބައްތިތަކަކީ ވާރޭވެހޭ ދުވަސްވަރަށް ނިވޭ ބައްތިތަކެއްކަމުން އެ ދުވަސްވަރު މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއުގެ ދަށުން ކައުންސިލުން ދޭ ޒަމާނީ ފެންވަރުގެ މަގުބައްތިއާއި، އާ ކޭބަލަށް، ބަދަލުކޮށް މީޓަރު ހަރުކުރުމަށް ވަނީ ހަނިމާދޫ "މިނެޓް ޕްލަސް" ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ފިރާގު ވިދާޅުވީ މިއީ މީގެ ކުރީން ކޮންމެ އަހަރަކު ރައްޔިތުން ކުރަމުން އައި ޝަކުވާތަކަށް ހައްލެއް އައުމުގެ ފެށުން ކަމަށާއި މި ބައްތިތަކަކީ މިހާރު އެމްޓީސީސީން އަލަށް ހަދާ ތާރުމަގުތަކުގައިވެސް ޖަހަމުންދާ ފެންވަރުގެ ޒަމާނީ ފަހުގެ މަގު ބައްތިތަކެއް ކަމަށެވެ.

ކައުންސިލް މާލިއްޔާއިން 2 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓުގައި 19 އަށްވުރެ ގިނަ މަގުގައި 150 ބައްތި ޖެހުމަށްވަނީ ހަމަޖެހިފަ އެވެ. މިއީ 20 މީޓަރެވެ. އެރަށުގެ މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަނީ އެކަމަށް ހާއްސަ މުވައްޒަފުން ނަގައިގެންނެވެ.

ފިރާގު ވިދާޅުވީ މީޓާރު ނުލާ ހުރުމުގެ ސަބަބުން މަގުބައްތިއަށް ވަރަށް ހަރަދު ބޮޑުވާކަމަށާއި މި މީޓަރުތަކުގެ ސަބަބުން މަގުބައްތިއަށްކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355