twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި މެއި އިންޓޭކުގައި ފެށޭ ހާއްސަ 3 ކޯހެއް

May 11, 2023

ކުރިއަށްމިދާ މެއި މަހުގައި ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ވަރަށް ހާއްސަ ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކޮލެޖުން ހާމަކޮށްފި އެވެ. މި ޕްރޮގްރާމްތަކަކީ ކުޅުދުއްފުށީގައި ތިބެގެން ދަރިވަރުން ބްލޮކް މޯޑަށް ކެމްޕަހަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި ބެޗެލަރ އޮފް ސައިންސް އިން ނާސިންގ (އިންޓަނޭޝަނަލް) (ޓޮޕް-އަޕް) ، މާސްޓާރ އޮފް ސައިންސް އިން ނާސިންގ (އިންޓަނޭޝަނަލް)، އަދި ބެޗެލަރ އޮފް ސައިކޮލޮޖީ ފާހަގަކޮށްލެވެ އެވެ.

ބެޗެލަރ އޮފް ސައިންސް އިން ނާސިންގ (އިންޓަނޭޝަނަލް)(ޓޮޕް-އަޕް):

މި ޕްރޮގަރާމަކީ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގަރާމެކެެވެ. އިންޓަނޭޝަނަލް ސެޓްފިކެޓެއް ލިބުމާއެކުވެސް، މި ޕްރޮގްރާމްގެ މޮޑިއުލްްތަކަކީ ރާއްޖޭގެ މާހައުލާގުޅޭތުން މި ދާއިރާއިން ރާއްޖެއަށް ތަމްރީން އެންމެ މުހިއްމުވާ ދާއިރާތަކަށް އިސްކަންދީގެން ހޮވާލެވިފައިވާ މޮޑިއުލްތަކެކެވެ.

އެގޮތުން ބަލާއިރު، ރީނަލް ކެއާރ، ކާޑިއެކް ކެއާރ، ކެންސަރ ކެއާރ، ލީޑަރޝިޕް އެންޑް ހެލްތް އަދި އެސެސްމެންޓް އެންޑް ކްލިނިކަލް ރީޒަނިންފަދަ މޮޑިއުލްސްތަކަކީ ޑައިރެކްޓް ޕޭޝަންޓް ކެއާރ ދިނުމުގައި ހަރަކާތްކެރިވާ ނަރުހުންނަށް ނުހަނު ބޭނުންތެރި މޮޑިއުލްތަކެކެވެ. ނީގެ އިތުރުން އެވިޑެންސް ބޭސްޑް ޕްރެކްޓިސް، އަދި ޑިޒަޓޭޝަން މޮޑިއުލަކީ ވަރަށްބޮޑަށް ރިސާޗަށް ފޯކަސްކުރެވިގެން ހިންގޭ ރިސާޗް ބޭސްޑް މޮޑިއުލް ތަކެކެވެ.

ދެ އަހަރު ދުވަހުގެ މި ކޯހަށް ވަނުމަށް ބޭނުންވާ ޝަރުތަކީ، އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ޑިޕްލޮމާ އިން ނާސިންގ ނިމިފައިވުމާއެކު، މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގައި ރެޖިސްޓަރވެ، ލައިސެންސް ލިބިފައިވުމެވެ. އިތުރު މައުލޫމާތު ތިރީގައިވާ ލިންކަށް ފިތާލުމުން ލިބޭނެ އެވެ. https://villacollege.edu.mv/programs/bsc-(hons)-nursing-(international)-(top-up)

މާސްޓާރ އޮފް ސައިންސް އިން ނާސިންގ (އިންޓަނޭޝަނަލް):

އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަކީ ނަރސިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހަދައިގެން ތިއްބެވި ބޭފުޅުނަށް ބޭނުންވާ އިތުރު ހުނަރާއި މައުލޫމާތު ހިމަނައިގެން ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އިނގިރޭސިވިލާތުގައި ކުރިއަރަމުން އަންނަ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމެކެވެ.

މިއީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމެއް ކަމުގައި ވިޔަސް ކިޔަވައިދޭނެ މޮޑިއުލްތައް ހޮވާލުމުގައި ރާއްޖޭގެ މާހައުލާއި ގުޅޭ އަދި މި ދާއިރާއިން ރާއްޖެއަށް ތަމްރީން އެންމެ މުހިއްމު ދާއިރާތަކަށް އިސްކަން ދެވިފައިވާނެއެވެ. މި ގޮތުން ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ މީހުން ބެލެހެއްޓުމާއި, ނަފްސާނީ ދުޅަހެޔޮކަމަށާއި އާއި ސަބްސްޓޭންސް މިސްޔޫސް އަދި އޮކިއުޕޭޝަން ހެލްތް ފަދަ ދާއިރާތަކަށް ބަލާލެވިފައިވާނެއެވެ. ހަމަ އެއާއިއެކު ހާލުދެރަ ބަލި މީހުންދެނެގަތުމާއި އެފަދަ ބަލިމީހުންނަށް ފަރުވާދިނުމާއި ބެލެހެއްޓުމާއި ބެހޭ ގޮތުން ފަރުމާ ކުރެވިފައިވަ މޮޑިއުލްއެއްވެސް މި ޕްރޮގްރާމްގައި ހިމެނިފައެވެއެވެ.

މި ކޯހަށް ވަނުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ، ބެޗެލަރ އޮފް ސައިންސް އިން ނާސިންގ ނިމިފައިވުމާއެކު، މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގައި ރެޖިސްޓަރވެ، ލައިސެންސް ލިބިފައިވުމެވެ. އިތުރު މައުލޫމާތު ތިރީގައިވާ ލިންކަށް ފިތާލުމުން ލިބިލައްވާނެއެވެ.
https://villacollege.edu.mv/programs/msc-nursing-(international)

ބެޗެލަރ އޮފް ސައިކޮލޮޖީ:

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ގިނަ ދާއިރާތަކުން ކެރއިއަރއެއް ޚިޔާރުކުރުމުގެ މަގުފަހިވާ ގޮތަށް ސަމާލުކަން ދެވިގެންނެވެ. މިގޮތުން ކޯސް ނިންމުމަށްފަހު ދަރިވަރުންނަށް ކްލިނިކަލް ސައިކޮލޮޖީ ނުވަތަ ކައުންސިލް ފަދަ ދާއިރާތަކުން ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.މި ޕްރރޮގްރާމްގައި ކުދިން ކިޔަވަމުންދާއިރު ދަރިވަރުންނަށް އަސްލު އެކްސްޕެރިމެންޓްތައް ހެދުމުގެ ފުރުސަތު ލިބޭނެއެވެ.

އެގޮތުން ދަރިވަރުން " ޗަޔަލްޑް ޑިވެލޮޕްމަންޓް" ފަދަ ބައިތައް ކިޔަވަމުން ދާ އާއިރު އެކި އުމުރުގެ ކުދިން ބޭނުންކޮށް ކިޔެވި އެއްޗެހި އަމަލީ ސިފައެއްގައި ތަޖުރިބާ ކުރާނެއެވެ. ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންނަށްވެސް ކިޔަވައިދޭނީ ވިލާކޮލެޖުގެ ސައިކޮލޮޖީ ލެބުގައި ވެސް ބޭނުން ކުރވަސީލަތްޔަކާއި އާލާތްތައް ބޭނުންކޮށެގެންނެވެ.

މީގެ އިތުރުން، ސައިކޮލޮޖީ އެސޯސިއޭޝަނުން ދަރިވަރުންނަށް ސައިކޮލޮޖީއާ ގުޅުންހުރި އެކިއެކި ހަރަކާތްތައް އިންތިޒާމްކޮށްހިންގުމާއި، ދަރިވަރުންނަށް ބޭނުންވާ ސަޕޯޓާއި، ޕީއާރ ޓީޗިން އިންތިޒާމުކުރެވިގެން ކުރިއަށްދާނެއެވެ. އަދި އަހަރަކު އެއްފަހަރު ބާއްވާ ސައިކޮލޮޖީ ސިމްޕޯޒިއަމްގައި، މިކެމްޕަހުގެ ދަރިވަރުންނަށްވެސް ދަރިވަރުންގެ ޕޭޕަރުތަށް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

3 އަހަރު ދުވަހުގެ މި ކޯހަށް ވަނުމަށް ބޭނުންވާ ޝަރުތުތަތަކީ، އޭލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން 'ސީ' ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުމެވެ. ނުވަތަ ސައިކޮލޮޖީއާއި ގުޅޭ ދާއިރާއެއްގެ އެމް.އްން.ކިއު.އެފް ލެވެލް 4 ގެ ކޯހެއް ކާމިޔާބުކަމާއެކު ނިންމާފައިވުމެވެ. މިކޯހަށް ވަދެވޭ އަލްޓަނޭޓިވް އެންޓްރީ ކްރައިޓީރިއާތަކާއި، ކޯހާބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކަށް ފިތާލުމުން ލިބިލައްވާނެއެވެ. https://villacollege.edu.mv/programs/bachelor-of-psychology


ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 13 މެއި 2023 ވާ ހޮނިހިރު ދުވަހެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355