twitterviber whatsapp telegramfacebookyoutube instagram
18th March 2026

ރޭގަނޑު ދަތުރުތައް ފަށަން މިރޭ ޓެސްޓް ފްލައިޓް ޖައްސަނީ

އަބްދުލް ވާހިދު ޙަސަން
May 12, 2023

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ލައިޓް ޖެހުމާއެކު ރޭގަނޑު ފްލައިޓް އަޅަން މިރޭ މެންދަމު ޓެސްޓް ފްލައިޓް ޖައްސަން ހަމަޖެހިއްޖެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެއާޕޯޓް މަޝްރޫއުގެ ނިންމާލާ، ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އެވެ. އެކަމަކު ރަންވޭގައި ލައިޓްހަރުކޮށްފައިނުވުމުގެ ސަބަބުން ރޭގަނޑު ދަތުރުތައް ކުރެވޭ ގޮތް އޮތީ ނުވެ އެެވެ.

އެއާޕޯޓް ރަންވޭގައި ލައިޓް ލައިޓް ޖަހާ ނިންމާލީ މިހުސްވި އެޕްރީލްމަހުގެ ފުރަތަމަ ކޮޅު އެވެ. ކޭއޯއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝިލް ސޮބާހު ވިދާޅުވީ، ރޭގަނޑު ފްލައިޓް އަޅަން މިރޭ ދަންވަރު ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިރޭ ޓެސްޓް ފްލައިޓް އަޅާނީ މެންދަމު 02:00 - 03:30 އާ ދެމެދުގަ ކަމަށެވެ.

ރޭގަނޑު ކުޅުދުއްފުއްޓަށް ދަތުރުތައް ފަށަން ތައްޔާރުވާއިރު ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355