އެއްފާއިއެކު ފުޓްބޯޅައިން މުޅި ރާއްޖޭގެ ސަމާލުކަމާއި ލޯބި ހޯދި ހދ މަކުނުދޫ އަހުމަދު ޝަވަން މުހައްމަދުގެ އުންމީދު ހަގީގަތަކަށް ހެދުމަށް ކުރަންހުރި މަސައްކަތް އަދި ވަރަށް ގިނަ ކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
އެއް ފަޔާއެކު ޝަވަން ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.
ޝަވަން ރަނިންގ ބްލޭޑްގައި ބޯޅައަކާއިއެކު ކުޅެ ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކޮށް މިނިސްޓަރ ވިދާޅުވީ، ޝަވަންގެ އުއްމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަން ހުރި މަސަައްކަތްތައް ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ކުރަން ޖެހުނު އޮޕަރޭޝަން ނިމި ރަނިން ބްލޭޑް އަދި ޕްރޮސްތެޓިކް ފައި ޖެހިފައިވާތީ އުފާ ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޑޮކްޓަރުންގެ ލަފާއެކު ރިހެބްލިޓޭޝަން އަދި އިތުރު ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި". މިނިސްޓަރ ވިދާޅުވިއެވެ.
ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ. ނަމަވެސް ކުރަންޖެހުނު އޮޕަރޭޝަން ނިމި ރަނިން ބްލޭޑް އަދި ޕްރޮސްތެޓިކް ފައި ޖެހިފައިވާތީ އުފާކުރަން.
— Ahmed Mahloof (@AhmedMahloof) May 13, 2023
ޑޮކްޓަރުންގެ ލަފައާއިއެކު ރީހެބިލިޓޭޝަން އަދި އިތުރު ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ. ❤️ pic.twitter.com/bpXPxHJKdr
ޝަވަންއަށް ރަނިން ބްލޭޑް ހަމަޖައްސައިދީފައިވާކަން މިނިސްޓަރު ހާމަކުރެއްވީ މިދިޔަ އަހަރު ބައިނަލްއަގުވާމީގޮތުން ފާހަގަކުރި ނުގުޅެދުންތެރިންގެ ދުވަހު ކުޅުދުއްފުށީގައި އޮތް ހާއްސަ ރަސްމިއްޔާތުގަ އެވެ.
އެދުވަހު މިނިސްޓަރު ވިދާޅުވީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިންގް ބްލޭޑް ހަމަޖައްސައި ދެވުން ކަމަށެވެ.
އަދި "ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެން އޮތީ އިންޑިއާގައި ފަރިތަކުރުން." މަހުލޫފް ވިދާޅުވި އެވެ.
އެއް ފަޔާއެކު ފުޓްބޯޅަ ކުޅުމުން އާއްމުންގެ ސަމާލުކަން ލިބުނު، އަހުމަދު ޝަވަން މުހައްމަދަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަންޏެވެ.
ގިނަ ބައެއްގެ ލޮލުގައި ޝަވަން އަޅައިގަނެ، އެތައް ބައެއްގެ ލޯބި އެ މައުސޫމް ކުއްޖާއަށް ލިބުނީ މިދިޔައަހަރު މަކުނުދޫ ސްކޫލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ޝަވަން ކުޅޭތައް ފެންނަ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ދައުވާން ފެށުމާއެކުއެވެ.
އުމުރުން 7 އަހަރުގެ ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވެމުން އަންނަ ހިތްވަރު ގަދަ ކުއްޖެކެވެ.