twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރެވެހުނީ ކުޅުދުއްފުއްޓަށް

ނަބީލާ އިސްމާޢީލް
May 15, 2023

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުއްޓަށްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނު 8 ފެށިގެން މިއަދުގެ ހެނދުނު 8 އާހަމައަށް ކުޅުދުއްފުއްޓަށް 84.0 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ކުޅުދުއްފުއްޓަށް ކުރި ވިއްސާރާގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ކުޅުދުއްފުށީ ޕަބްލިކްސް ވޯކްސްއިން ވަނީ ފެންހިނދުމުގެ މަސައްކަތްވެސް ކޮށްފަ އެވެ. ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާކަމުގެ ޝަކުވާ ލިބިފައިވާކަމެއް އެނގިފަ އެއްނުވެއެވެ.

2019 ވަނަ އަހަރުވެސް މި ދުވަސްވަރު ވަނީ ކުޅުދުއްފުއްޓަށް 123.7 މިލިލީޓަރުގެ ވާރެވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ގިނަ ގެތަކެއްގައިވެސް އެއިރު ފެންބޮޑުވިއެވެ. އަދި ދިރިނޫޅެވޭވަރަށް 6 ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބުނުއިރު ހަތަރު ގެޔެއްގެ އާއިލާތައް ވަނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީގައި ވަގުތީ ހިޔާއަށް ބަދަލުކޮށްފަ އެވެ.

އިއްޔެ ކުރިން ވިއްސާރާގައި ދެން އެންމެ ބޮޑަށް ވާރޭވެހިފައިވަނީ ހދ ހަނިމާދޫއަށެވެ. އެރަށަށް ވަނީ 50.4 މިލިލިޓަރުގެ ވާރޭވެހިފަ އެވެ.

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެޓު އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށް ލާފާކޮށްފަ އެވެ. އަދި މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށްވާރެވެހޭނެ ކަމަށްވެސް އެއިދާރާއި ލަފާކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355